މާލެ: 31°C

އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފި

July 27, 2023
2 ފަހަރު ބަލާފައި
އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފި
އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފި
ރައީސް މައުމޫނުގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. އެމްއާރުއެމުން ރިޔާސީ ޕްރިމަރީއަށް ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފަ އެވެ. [embed]https://twitter.com/MRM_Office/status/1684479975985135616[/embed]

ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ އެއް އަހަރުވެފައިވާ ބޭފުޅުންނަށެވެ.

އެމްއާރްއެމްގެ ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް އެއްވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ. މިއަހަރު އޮންން ރިޔާސީ އިންތިހާޞުގައި، އެމްއާރްއެމް އިން ރިޔާސީ ކެނޑިޑޭޓެއް ނެރެން ތައްޔާރުވާ އިރު، އެޕާޓީގައި، ގާާނޫނު ބުނާ އަދަދަަށް މެމްބަރުން ހަމަނުވާތީ، އީސީ އިން އެޕާޓީ އުވާލަން ނިންމި މައްސަލަ މިހާރު އޮތީ ކޯޓުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ