މާލެ: 31°C

މަނީ ލޯންޑަރިންގެ ކުށުން ވެސް ޔާމީނު ސަލާމަތް ވެއްޖެ

April 18, 2024
2 ފަހަރު ބަލާފައި
މަނީ ލޯންޑަރިންގެ ކުށުން ވެސް ޔާމީނު ސަލާމަތް ވެއްޖެ
މަނީ ލޯންޑަރިންގެ ކުށުން ވެސް ޔާމީނު ސަލާމަތް ވެއްޖެ
ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށްކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ހުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުން ބާތިލް ކުރުމުން، މަނީ ލޯންޑާކުރުމުގެ ކުށުން އެމަނިކުފާނު ދާދި ދެންމެއަކުސަލާމަތް ވެއްޖެއެވެ. އެއީ އެމަނިކުފާނު ހައިކޯޓަށް ހުށަހެޅި އިސްތިޢުނާފީ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ.  ކްރިމިނަލް ކޯޓުން ރައީސް ޔާމީންއަށް ހުކުމް ކޮށްފައި ވަނީ ޔޫސުފް ނަޢީމު ކިޔާ މީހެއްގެ އަތުން ރިޝްވަތުގެ ފައިސާ ނައިގެން ރިސޯޓެއް ތަރައްގީ ކުރުމަށް އުސޫލުތަކާ ޚިލާފަށް ޔޫސުފް ޔައީމަށް ރަށެއް ދީފައިވާތީއެވެ. އެކުށް ސާބިތުވާ ކަމަށް ކުރިނަލް ކޯޓުން ނިންމުމުގެ އިތުރުން އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ވެސް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކުރިއެވެ. ހައިކޯޓުން މިއަދު ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ނިންމާފައިވަނީ އިންސާފުވެރި ޝަރީއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ސާފުކޮށް ފެންނާން އޮތް ކަމަށެވެ. ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަަށް ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ވެސް އަލުން ބަލަން ޖެހޭ ކަމަށް ހައިކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ