އެމްއެމްޕީއާރުސީގެ ތަހުޤީޤާ ކުރިމައްލައްވަން ރައީސް ސޯލިހަށް ނުކެރޭނެ: ރައީސް ޔާމީން

އެމްއެމްޕީއާރުސީގެ ތަހުޤީޤާ ކުރިމައްލައްވަން ރައީސް ސޯލިހަށް ނުކެރޭނެ: ރައީސް ޔާމީން
ލިޔުން:
އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު ރައީސް ސޯލިހަށް ކުރެވޭ ކަމަށާއި މަޤާމުގައި ހުންނަވައިގެން އެ ތަހުގީގާ ކުރިމައްލައްވަން ރައީސް ސޯލިހަށް ނުކެރޭނެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، “ފެލާލައިފި”ގެ ނަމުގައި އިދިކޮޅުން މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސް ސޯލިހުގެ "ގަޓެއް" ހުރި ނަމަ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބިފައިވާކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އަމިއްލަފުޅަށް އެދިގެން ތަހުގީގު ކުރެއްވީސްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުން “ފެލައިލީ” 2018 ގެ ރިޔާސީ އިންތިހާބާއި ހަމައިން ކަމަށެވެ. އަދި އޭގެ ހަގީގަތްތައް ހާމައަށް ފެންނަން އެބައޮތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އެތެރޭގައި ތިބީ ހުސް ވަގުންކަމަށެވެ.
“ރައްޔިތުންގެ ކަނޑު އެއްކޮށް ވިއްކާލައިގެން މިއުޅެނީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ… އަޅުގަނޑު ރައީސް އިބްރާހީމަށް ދަންނަވާލަން ބޭނުން ވަނީ ތި ހުންނެވީ މަގާމުގަ އޭ… ބާރުލާފައި ތި ދަންނަވަނީ އޭ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނޭ.. އަޅުގަނޑުގެ އޮތީ އެންމެ ސުވާލެއް.. ތިޔަ ވިދާޅުވާ އެއްޗެއް މަނިކުފާނުގެ އަމަލާއި ތި ބުނާ އެއްޗަކާއި ދިމާވަންޏާ މަނިކުފާނަށް މި އަންނަ އެމްއެމްޕީއާރުސީގެ ތުހުމަތު، މަދެއްކޮށެއް ނޫންކޮށްފައި އޮތީކީއެއް.. އެހެންކަމަށް ވާނަމަ މަގާމުގައި ހުރެގެން ރައްޔިތުންނަށް ނިކަން ސާބިތުކަން ދައްކާލަބަލަ.. މި ތަހުގީގަކަށް ކުރިމަތިލާކަށް ނުކެރޭނެ” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރާނެކަމަށް ބުނެ މުޅި ޖުޑިޝަރީގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
