މިއީ އެންމެ ޒިންމާދާރު އަދި އިތުބާރުހުރި މަޖިލީހަށް ވާނެ ކަމަށް އުންމީދުކުރަން: ރައީސް ޑރ. މުއިއްޒު

މިއީ އެންމެ ޒިންމާދާރު އަދި އިތުބާރުހުރި މަޖިލީހަށް ވާނެ ކަމަށް އުންމީދުކުރަން: ރައީސް ޑރ. މުއިއްޒު
ލިޔުން:
އުންމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އެންމެ ޒިންމާދާރު އަދި އިތުބާރުހުރި މަޖިލީހަށް ވެގެންދިޔުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމާއި ގުޅިގެން ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުއްމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި، ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވެގެންދިޔުން ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ މިއަދު ހުވައިކުރައްވާ މަގާމާ ހަވާލުވެވަޑައިގެންނެވި 93 އިއްޒަތްތެރި މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
https://twitter.com/MMuizzu/status/1795350985361285492
ވިހިވަނަ މަޖިލީހުގެ 93 މެމްބަރުން މިއަދު ހުވާ ކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އިންތިހާބުކޮށްފައެވެ.
މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
