މާލެ: 31°C

މެންބަރުންގެ މުސާރަ ކުޑަކުރަން ޝުޖާއު އާއި ގާސިމް ދެކޮޅު!

July 2, 2024
16 ފަހަރު ބަލާފައި
މެންބަރުންގެ މުސާރަ ކުޑަކުރަން ޝުޖާއު އާއި ގާސިމް ދެކޮޅު!
މެންބަރުންގެ މުސާރަ ކުޑަކުރަން ޝުޖާއު އާއި ގާސިމް ދެކޮޅު!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރުމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި މާމިގިޅި ދާއިރާގެ މެންބަރ ގާސިމް އިބްރާހިމް ދެކޮޅުކަމަށް އެ ދެބޭފުޅުން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިޅިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރ ޝުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކަމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ދެއްކެވި ނަމަވެސް މެންބަރުންނަށް ލިބޭ މުސާރަ ބޮޑުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ސަބެއްކަމުގައި މެންބަރ ވިދާޅުވީ މެންބަރުންގެ ޒިންމާ ބޮޑުކަމުންކަމަށާއި ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ މެންބަރެއްގެ އަތުގައި ލޯލާރިއެއްވެސް ނޯންނާނެކަމަށެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ މެންބަރު ކަމުން ވަކިވުމަށްފަހު ލިބެމުންދާ އިންޝުއަރެންސް ތަކާއި އެހެނިހެން އިނާޔަތްތައް ކަނޑާލުމަށް އޭނާ ތާއިދުކުރައްވާކަމަށެވެ. "ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ މެންބަރެއްގެ އަތަގަ ނޯންނާނެ ލޯލާރި އެއް ވެސް އިއްޒަތްތެރި ރައީސް" މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވިއެވެ. އަދި މިއަދުގެ ޖަލްސާގައި ހުށަހެޅިފައިވާ ގަރާރަށް ވާހަކަފުޅުދައްކަވަމުން މާމިގިލި ދާއިރާގެ މްންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މެންބަރުންގެ އަދަދު މަދުކުރިނަމަވެސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް އެމަނިކުފާނަށް ނުފެންނަކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކާގައި ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުން ހޮވިވަޑައިގެން މަޖިލިސްއަށް ޑައިގަންނަވާ ބޭފުޅުންނަށް ވިހިހާސް ރުފިޔާގެ [ލިވިން] އެލަވަންސެއް ލިބުނުނަމަވެސް އެބޭފުޅުންނަށް އެއިން ހަމަނުޖެއްސޭކަން އިނގޭކަމަށެވެ. މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ގަރާރަކީ މަޖިލސް މެންބަރުންގެ އަދަދާއި މެންބަރުންގެ މުސާރައާއިމެދު ގޮތްތަކެއް ކަނޑައެޅުމާގުޅޭގޮތުން ހުށަހަލާފައިވާ ގަރާރެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ