މީހެއްގެ ދަށެއް ނުވާނަން، ނަމަވެސް އެންމެންގެ އިރުޝާދު ހޯދާނަން: އިލްޔާސް

މީހެއްގެ ދަށެއް ނުވާނަން، ނަމަވެސް އެންމެންގެ އިރުޝާދު ހޯދާނަން: އިލްޔާސް
ލިޔުން:
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ވެރިކަމެއްގައި އެއްވެސް މީހެއްގެ ދަށެއް ނުވާނެ ކަމަށާއި ނަމަވެސް ކަންކަން ނިންމާނީ އެންމެންގެ މަޝްވަރާއާއި އެކުކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ނިންމަން ޖެހޭ ނިންމުންތައް ނިންމާނީ އަމިއްލައަށް ކަމަށާއި އެހެންނަމަވެސް ލަފަޔާއި އިރުޝާދު ހޯއްދަވާނެ ކަމަށެވެ.
"ގަނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއް އަދާ ކުރުމުގަ ނިންމުންތައް ނިންމާނީ އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު. އަޅުގަނޑު ދެއްނެވިގެން ލަފަޔާއި އިރުޝާދު އަޅުގަނޑު ހޯދާނަން،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ރައީސް ނަޝީދަކީ އޭނާގެ ސިޔާސީ ހަޔާތުގައި ދުށް އެންމެ ދުރުވިސްނުންތެރިކަމާއި އެކު ކަންކަން ރާވާއި ހިންގަވާފައިވާ ބޭފުޅާކަމަށާއި އަދި މިހާރުވެސް ހިންގަވާ ބޭފުޅާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ އިރުޝާދު ކަންކަމުގައި ހޯއްދަވާނެކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
އިގްތިސޯދީ ކަންކަމުގައި އިގްތިސޯދީ މާހިރުންގެ ލަފާ އަޑުއައްސަވާނެ ކަމަށާއި ރައްޔިތުންގެ ލަފާވެސް ކަންކަމުގައި ހޯއްދަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
