މާލެ: 31°C

އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

February 13, 2024
3 ފަހަރު ބަލާފައި
އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރައީސަކު ހޮވުމަށް އަންނަމަހު އިންތިހާބު ބޭއްވުމަށް ނިންމައި، މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިކަމާއި ގުޅޭގޮތުން އެންމެބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނީ، އެ ޕާޓީގެ ރައީސްކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމައި، މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެމްޑީޕީން ބުނީ، އެ ޕާޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު ހުޅުވާލާފައިވަނީ މިހިނގާ ފެބުރުއަރީމަހުގެ 20 ވަނަ ދުވަހުގެ 14:0 ގެ ނިޔަލަށެވެ. މިކަމަށްއެދޭ އެމްޑީޕީގެ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއި އެކު ގޫގުލްފޯމް ފުރިހަމަކޮށް ހުށައެޅުމަށް އެޕާޓީން ވަނީ އެދިފައެވެ. https://twitter.com/MDPSecretariat/status/1757360373051928961 އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެފަހުން އެ ޕާޓީގެ ރައީސަކަށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު އެމަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އއ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާނޭކަމަށް ބެލެވޭ އެއް ބޭފުޅަކީ ޢަބްދުﷲ ޝާހިދެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމަށް އައުމަށް ނުރަސްމީކޮށް ކެމްޕެއިންވެސް ފަށާފައެވެ. އެމްޑީޕީއަކީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކުރި ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އިބްރާހިމް އިސްމާއީލް (އިބްރާ)، ޑރ.މުހައްމަދު މުނައްވަރު، ޑރ.އިބްރާހިމް ޑީޑީ އަދި ރައީސް ނަޝީދު ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ