މާލެ: 31°C

އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާނީ ޝާހިދު އެކަނި!

February 15, 2024
3 ފަހަރު ބަލާފައި
އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާނީ ޝާހިދު އެކަނި!
އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާނީ ޝާހިދު އެކަނި!
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމް ހުސްވެ އެމަގާމަށް ކުރިމަތިލުމަށް މިމަހުގެ 13 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން ޕާތީގެ ރައީސް ކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އައްޔަންކޮށްފައެވެ. އިދިކޮޅު އެމްޑީޕީގެ އެންމެ އިސް މަގާމަށް ހުޅުވާލާ އަދި މިމަހުގެ 20 ވާ އަންގާރަ ދުވަހަށް ހަމަވާއިރު އަދި މިހާތަނަށް އެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައެއް ނުވެއެވެ. އަދި އެމަގާމަށް ކުރިމަތި ލައްވާނެކަމަށް ކުރިންވެސް ދެބޭފުޅެއްގެ ނަން ޕާޓީގެ މެންބަރުން ކިޔާއުޅެއެވެ. އަދި ސޯޝަލް މީޑިއާގައި ކެމްޕެއިންތަށް ވެސް ފެނެއެވެ. އެއީ ކުރީގެ ފޮއިން މިނިސްޓަރ ޝާހިދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ އެމްޑީޕީގެ ޗެއަރ ޕާރސަން ފައްޔާޒު އިސްމާއީލެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެ މަގާމަށް ކުރިމަތި ލައްވާފާނެ ކަމުގެ އަޑުތަށް މީގެ ކުރިން ވަނީ އިވިފައެވެ. އެހެން ނަމަވެސް "މިނިވަން" އަށް ކަށަވަރު ކުރެވިފައިވާގޮތުން އެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމައްޗެއް ނުލައްވާނެއެވެ. އަދި ޗެއަރޕާރސަން ފައްޔާޒު އިސްމާއިލް ވެސް ރައީސް ކަމަށް ކުރިމަތި ނުލެއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އެހެން ކަމުން އިދިކޮޅު އެމްޑީޕީގެ އެންމެ އިސް މަގާމަށް ވާދަކުރައްވާނީ ކުރީގެ ފޮއިންމިނިސްޓަރު އެކަނިކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައެވެ. އަދި އެކަމާމެދު ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
"އެޕާޓީގެ އޮފިޝަލަކު ވިދާޅުވީ މުއްދަތު ހަމަވާން އަދި ދުވަސް ކޮޅެއް އެބައޮތް، އަދި އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލާ، ޝާހިދު އެކަނި ކުރިމަތި ލައްވާނީ، އެހެން ނަމަވެސް އެއީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށް ވެސް އޮތް ފުރުސަތެއް މީހަކު ހަމަ ކުރިމަތިލާފާނެ، އެހެން ނަމަވެސް އިސްސަފުގައި ވާދަކޮށްލެވޭ ވަރުގެ އެހެން ބޭފުޅަކު ކުރިމައްޗެއް ނުލާނެ"
އެމްޑީޕީގެ ރައީސް ގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވާ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަތުމުންނެވެ. އެމްޑިޕީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ރޯދަމަހުގެ ކުރިން އަންނަ މާޗް މަހުގެ 2 ވާ ހޮނިހިރު ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ