އެމްޑީޕީ މައި ހަރުގެ ބަޔަކު ހިސޯރުކުރިއިރު އެމްޑީޕީގެ ރައީސް ހަނު!

އެމްޑީޕީ މައި ހަރުގެ ބަޔަކު ހިސޯރުކުރިއިރު އެމްޑީޕީގެ ރައީސް ހަނު!
ލިޔުން:
އެމްޑީޕީ ގެ ސިޔާސީ ޙަރަކާތް ހިންގާ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެންވަދެ އެތަނަށް ވަދެފައިވާ މައްސަލާގައި އެކަން ކުއްވެރިކޮށް އެމްޑީޕީ ގެ ފަރާތުން ބަޔާނެއް ނެރެފައިވާއިރު އެމްޑީޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވާކަން ފާހަގަކުރެވެއެވެ.
އެމްޑީޕީ އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީން އެއމްޑީޕީގެ އާއްމު މެންބަރުންގެ އަގުލަބީޔަތުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހޮއްވެވުމާއި ގުޅިގެން ރައީސް ނަޝިދަށް ތާއިދު ކުރި ބައެއް ފަރާތްތަކުން އެމްޑީޕީ އިން ވަކިވެ ޑިމޮކްރޭޓްސް ގެ ނަމުގައި މިހާރު ދަނީ ޕާޓީއެއް ރަޖިސްޓަރީ ކުރުމުގެ މަސައްކަތްކުރަމުންނެވެ. އިއްޔެ ޙަރުގޭގެ ތަޅު ހަލާކޮށްލައިގެން އެތަނަށް ވަނުމަށް މަސައްކަތް ކުރި އިސްފަރާތްތަކުގެ ތެރޭގައި ޑިމޮކްރޭޓްސް ގެ ނަމުގައި ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާނެ ތަންތަން (ހަރުގެ) ތަޢާރަފްކުރި ފަރާތަކަކީ އެމްޑީޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. އެހެންކަމުން ސިޔާސީ ޕާޓީއަކުން އެފަދަ ޙަރަކާތް ހިންގާ ތަނަކަށް އެގޮތަށް ވަދެ ގެއްލުންދީފައިވާއިރު ރައީސް ނަޝިދުގެ ފަރާތުން އެކަން ކުއްވެރިކޮށް ބާޔާނެއް ނެރުމަކީ ނުވަތަ އެކަމާގުޅިގެން ކުޑަނަމަވެސް ބަހެއް ބުނުމަކީ ސިޔާސީ ކަންކަން ރާއްޖޭގެ ރައްޔިތުންނަށް އަމަލުން އުގަންނަވައިދެއްވި މުދައްބިރެއްގެ ހައިސީޔަތުންނަމަވެސް ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ވަރައްގިނަ ފަރާތްތަކުން ދެކެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
