މަޖިލިސް ސަރުކާރަށް ނުލިބިއްޖެނަމަ ވެރިކަމުގެ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނެ: ރައީސް

މަޖިލިސް ސަރުކާރަށް ނުލިބިއްޖެނަމަ ވެރިކަމުގެ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނެ: ރައީސް
ލިޔުން:
ކުރިއަށްއޮތް ތަނުގައި ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ނުލިބިއްޖެނަމަ ވެރިކަމުގެ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. މަޑަވެލީގައި ބޭއްވި ޖަލްސާގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް ސަރުކާރަށް ލިބުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން ސަރުކާރަށް ކަމެއް ކުރެވެން އަންނަނީ ރައްޔިތުންގެ ނިންމުން ދެފަހަރެއްގެ މަތިން ނިންމައިގެންކަމަށެވެ.
ސަރުކާރު ވަކި މިސްރާބަކުން ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހަކީ ސަރުކާރުގެ ކަންކަން ކުރިއަށްގެންދިއުުގައި ވަރަށް މުހިއްމު ބާރެއް ލިބިގެންވާ ތަނެއް ކަމަށެވެ. ރާއްޖޭގައި އޮންނަނީ މަސްހުނި ނިޒާމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރު ސަރުކާރަށް ލިބިގެން މެނުވީ ސަރުކާރުގެ މަސައްކަތްތައް ސަރުކާރުން ބޭނުންވާގޮތަށް ކުރިއަށްގެންދެވެން ނޯންނާނެ ކަމަށެވެ.
" ނިޒާމު އޮންނަގޮތުން ރައްޔިތުންގެ ނިންމުން ދެފަހަރެއްގެ މަތިން ނިންމައިގެން ސަރުކާރަކަށް ކަމެއް ކުރެވެން މިއަންނަނީ. ރިޔާސީ އިންތިހާބުގެ ނިންމުމާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނިންމުމާ. ދެ އިންތިހާބު އެއްކޮށް އޮންނަނަމަ ވަރަށް ފަސޭހަވާނެ" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު މިއޮތް ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރުތައް އަދި އަމުދުން މިހާރު އޮންނަގޮތުން ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާނަމަ، ވެރިކަމުގެ ނިޒާމު އިންތިހާއަށް ބޮއްސުންލައިގެން ހިނގައިދާނޭކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާޜުގެ މެމްބަރުން ހޮވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މަޑަވެލީ ރައްޔިތުންގެ އެންމެ ބޭނުންވާ ކަންކަމުގެ މައުލޫމާތު އަޑުއެއްސެވުމަށްފަހު މި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ، މަޑަވެލީ ރައްޔިތުން ބޭނުންވާފަދަ ބަނދަރެއް ހައްދަވައިދެއްވާނޭ ކަމަށާއި، އަދި ބިންހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެނައުމާ، ލެބޯޓްރީގެ ހިދުމަތްވެސް ކުރިއަށް އޮތްތަނުގައި ދިނުމަށް މަސައްކަތް ކުރާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
