މަޖިލިސް ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ލިސްޓް އެމްޑީޕީން އާއްމުކޮށްފި

މަޖިލިސް ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ލިސްޓް އެމްޑީޕީން އާއްމުކޮށްފި
ލިޔުން:
ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ލިސްޓް އެޕާޓީން މިއަދު އާއްމުކޮށްފިއެވެ.
އެމްޑީޕީން ބުނީ މި ލިސްޓްގައި މަޖިލީހަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު ހިމެނޭ ކަމަށެވެ.
https://twitter.com/MDPSecretariat/status/1746511607927328773
ދާއިރާތަކުގެ ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީން ތާވަލުކޮށްފައިވަނީ ،އަންނަ ފެބުރުއަރީމަހުގެ 3 ވާ ހޮނިހިރު ދުވަހުއެވެ.
އެމްޑީޕީން މަޖިލީސް ޕްރައިމަރީ ބާއްވާނޭ ތާރީހެއް ކަނޑައަޅާފައިވާއިރު، އެޕާޓީން ކުރިންވެސް ބުނެފައިވަނީ މޭޔަރު އިންތިހާބަށްފަހު ޕްރައިމަރީ ބާއްވާނޭ ތާރީހެއް އިއުލާނު ކުރާނޭ ކަމަށެވެ. އިއްޔެ ބޭއްވި މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި މުޅިން އަލަށް ހަ ދާއިރާއެއް އިތުރުވާނެއެވެ. އެއާއެކު ފެށޭ 20 ވަނަ މަޖިލީހުގައި މެމްބަރުންގެ ގޮތުގައި 93 މެމްބަރުން ތިއްބަވާނެއެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރައްވާ މެމްބަރުންގެ އަދަދަކީ 87 އެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
