މާލެ: 31°C

މަޖިލީހަށް ވާދަކުރުމަށް މިހާތަނަށް 11 ފޯމް ހުށަހަޅައިފި

February 8, 2024
3 ފަހަރު ބަލާފައި
މަޖިލީހަށް ވާދަކުރުމަށް މިހާތަނަށް 11 ފޯމް ހުށަހަޅައިފި
މަޖިލީހަށް ވާދަކުރުމަށް މިހާތަނަށް 11 ފޯމް ހުށަހަޅައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 11 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 30 ފެށިގެން އިއްޔެގެ ނިޔަލަށް، މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވީ 11 ބޭފުޅުން ކަމަށެވެ. އެއީ އަމިއްލަގޮތުން ހަ ބޭފުޅުންގެ އިތުރުން، އެމްޑީއޭގެ ތިން ބޭފުޅުންނާއި ޕީއެންސީ ދެ ބޭފުޅުން ކަަމަށް ވެސް ހަބީބް ވިދާޅުވެފައިވެއެވެ. ހަބީބް ވިދާޅުވީ އޭގެ ތެރެއިން 10 ހުށަހެޅުމެއް އީސީން ބަލައިގަތް ނަމަވެސް އެއް ހުށަހެޅުން ބަލައިނުގަންނަ ކަމަށެވެ. ނަމަވެސް ބަލައިނުގަތް ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިހާތަނަށް އީސީއަށް ހުށަހެޅި ދާއިރާތައް:
  • ގަމު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • މީދޫ އަދި ވެލިދޫ ދާއިރާ
  • މައްޗަންގޯޅި މެދު ދާއިރާ
  • ކޮލަމާފުށި ދާއިރާ
  • ވެލިދޫ ދާއިރާ
  • ބާރަށު ދާއިރާ
  • ހޮޅުދޫ ދާއިރާ
މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އެގޮތުން، އީސީން ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިފެށޭ 20 ވަނަ ދައުރުގައި، މަޖިލިހުގައި 93 ދާއިރާއެއްގެ މެންބަރުން ތިއްބަވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ