މާފުށީގައި ޒަމާނީ ފެންވަރުގެ އެރައިވަލް ޖެޓީއެއް ގާއިމް ކުރާނަން: ރައީސް

މާފުށީގައި ޒަމާނީ ފެންވަރުގެ އެރައިވަލް ޖެޓީއެއް ގާއިމް ކުރާނަން: ރައީސް
ލިޔުން:
ދެން އަންނަ ދައުރެއްގައި ކ. މާފުށީގެ މިހާރު ހަދަމުންދާ ބަނދަރު ނިމިގެންދާ އިރު ފެރީ ޓަމިނަލްގަ ޒަމާނީ ފެންވަރުގެ އެރައިވަލް ޖެޓީއެއް ގާއިމް ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައިސް ސޯލިހު މިހެން ވިދާޅުވީ، ދެވަނަ ދައުރަކަށް ކުރިމަތި ލުމަށް އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކ. އަތޮޅުގެ ތިން ރަށްކަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން އެ އަތޮޅުގެ މާފުށީގައި ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، މާފުށީގެ ހިއްކި ބިމުގައި ބޯހިޔާވަހިކަން ގެދޮރު އިމާރާތް ކުރެވިގެން ދާއިރު ފެނާއި ނަރުދަމާ ގެ ވަސީލަތްތަށް އެ ގެދޮރަށް ލިބޭނެގޮތް ހަމަޖައްސަވާދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެ ރަށުގެ ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ހިދުމަތްތަށް ލިބިގެން ދާ ހޮސްޕިޓަލަކަށް މާފުށީގެ ހޮސްޕިޓަލް ހައްދަވައި ދެއްވާނެ ކަމަށާއި، މާފުށީގައި އެންމެ އަވަހަށް ދެން ފެށިގެން ދާނީއެ އެ ރަށުގެ ބޮޑެތި މަގުތަށް ހެދުން ކަމަށެވެ.
ދެން ކުރިއަށް އޮތް ދައުރުގައި އެންމެ ބޮޑު އަމާޒަކީ އާޒުވާނުން އެޖީލަށް ފުރުސަތު ހުޅުވާލުން ކަމަށާއި، ރާއްޖޭގެ ކަންކަމުގައި ބަސްބުނެ ހަރަކާތް އިތުރުވުމުގެ ޖާގަ ޒުވާނުންނަށް މިހާރަށް ވުރެން ރަނގަޅަށް ދިނުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އަމާން މުޖުތަމައެއް ގާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން ފަށާފައި މިވާ އަމާޒާއިގެން ކުރިއަށް ދިއުން، އުފާވެރި ދިރި އުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުން، އަދި ހެޔޮ ވެރިކަމެއް ކޮށް އިގްތިސޯދު ދެގުނަ ކުރުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ އަތޮޅުތެރޭގެ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ ށ. އަތޮޅުންނެވެ. އެ ދަތުރުފުޅުގައި އެކަނިކްފާނު ވަނީ ށ. ކޮމަންޑޫ، މަރޮއްށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑައިގެންފައެވެ. އޭގެ އިތުރުން. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ކެމްޕޭން ފެށުމުގެ ރަސްމިީ ޖަލްސާ ވަނީމިމަހުގެ ނުވައެއްގައި ފޯކައިދޫގައި ބާއްވާފައެވެ.
ރައީސް އާއިއެކު މި ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
