މާލެ: 31°C

ލޫކަސް ސިޔާސީ މަގާމުން އިސްތިއުފާ ދީފި

July 13, 2023
2 ފަހަރު ބަލާފައި
ލޫކަސް ސިޔާސީ މަގާމުން އިސްތިއުފާ ދީފި
ލޫކަސް ސިޔާސީ މަގާމުން އިސްތިއުފާ ދީފި
ހެރިޓޭޖް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްޢޫން ޖަލީލް (ލޫކަސް ޖަލީލް) އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ލޫކަސް މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރު ޕްރޮމޯޓް ކުރާނެ ހިތްވަރު ނެތްނަމަ ސިޔާސީ މަގާމުން އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނަން ޖެހޭނެކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނިކޮށެވެ. ލޫކަސް އަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ މީހެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލޫކަސް ވަނީ އެ މަސައްކަތް ކުރުމުގެ ތެރޭގައި ޖަލަށްވެސް ލާފަ އެވެ. ލޫކަސް ސިޔާސީ މަގާމުން އިސްތިއުފާ ދެއްވިކަމަށް ވިދާޅުވެ ލިޔުއްވި ސިޓީގައި ވަނީ ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތަކީ ލިބުނު ތަޖުރިބާއެއް ކަމަށެވެ. އަދި ރައީސް ސޯލިހު އޭނާއާއި ދޭތެރޭ ބަހައްޓަވާ ގާތް ކަމަށް ލޫކަސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ލޫކަސް ވަނީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި 2018 ވަނަ އަހަރު އެމަނިކުފާނަށް ވަރަށް ބޮޑަށް ކެމްޕޭނު ކުރައްވާފަ އެވެ. އަދި ސޯޝަލް މީޑިއާގައި ރައީސް ސޯލިހު ޕްރޮމޯޓް ކުރެއްވުމުގައި ވަރަށް ބޮޑަށް ހަރަކާތްތެރި ވިކަންވެސް ފާހަގަކޮށްލެވެ އެވެ. ލޫކަސް އަކީ އެމްޑީޕީން ވަކިވެ ވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މީހެކެވެ. މިހާރުވެސް ފެނިގެންދަނީ ރައީސް ނަޝީދުގެ ހަބަރުތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރައްވާ ތަނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ