"ލީޑާޝިޕް އަދި އިސްތިއުފާ ދޭކަން ނުޖެހޭ"

"ލީޑާޝިޕް އަދި އިސްތިއުފާ ދޭކަން ނުޖެހޭ"
ލިޔުން:
ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އަކީ ޕާޓީގެ ލީޑާޝިޕް އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތަކަކީ، ޕާޓީއަށް ދެ އިންތިހާބުން ވެސް ނާކާމިޔާބުވުމުގެ ސަބަބެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި އެކަމުގެ ހިއްސާއެއް ވެސް ޕާޓީ ބަލިވުމުގައި އެބައޮތްކަމަށް ފައްޔާޒް ވެސް ގަބޫލު ކުރައްވަ އެވެ.
އިންތިހާބުގެ ބައްޔަށް ފަހު ބޭއްވި ފުރަތަމަ ގައުމީ މަޖިލިސް ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި އެއްބަސްވީ އިންތިހާބުން ނާކާމިޔާބުވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ހެދުމަށެވެ. ރިޔާސީ އިންތިހާބަށް ފަހު ވެސް އެފަދަ ރިޕޯޓެއް އެކުލަވާލުމަށް ގައުމީ މަޖިލީހުން ފާސް ކުރި އެވެ. އޭގެ ތެރޭގައި އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ދެއްކި ދޮގު ވާހަތައް ބެލުން ވެސް ހިމެނެ އެވެ.
ބައްދަލުވުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ފައްޔާޒް ވިދާޅުވީ އިންތިހާބުތަކަށް ފަހު ލީޑަޝިޕް އިސްތިއުފާ ދިނުން އޭނާ ގަބޫލު ނުކުރާކަމަށެވެ. ކޮންމެވެސް އެއް ބަޔަކަށް މޮޅު ލިބި އަދި އަނެއް ބަޔަކު ދަށްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ޕާޓީގެ ކުރިމަގު އިތުރަށް ބައްޓަން ކުރާނީ ދިރާސާއަކަށްފަހުކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ލީޑަރޝިޕް ބަދަލުކުރުމަށް ޕާޓީގެ އާންމު މެންބަރުން އެދޭކަމަށްވާނަމަ އެ ދިރާސާއަށްފަހު އެ ބަދަލުތައްވެސް ގެންނާނެކަމަށެވެ. ނަމަވެސް އަދި މިއީ ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހޭ ވަގުތު ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ލީޑަރޝިޕްގެ އިސްތިއުފާއަށް ގޮވާލަމުން ދަނީ އިދިކޮޅު ފަރާތްތަކުންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައިވެސް ކޮންމެސް މިންވަރެއްގެ ހިޔާލް ތަފާތުވުންތަކެއް އެބަހުރިކަމަށް ފައްޔާޒް ގަބޫލު ކުރައްވައެވެ.
މިއީ ޕާޓީ ނަގާ ކޮޅަށް ޖަހަންވީ ވަގުތުކަމަށާއި، ރާއްޖެއަށް އެމްޑީޕީ ވަރަށް ބޭނުންތެރިކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ގައުމަށް ގެއްލުމެއްވެ، އެކަމަށް އުނިކަމެއް އަންނާނެފަދަކަމެއް އެމްޑީޕީއިން ނުކުރާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުވީ އެންމެ 12 ގޮނޑިއެވެ. ސަރުކާރު މައި ޕާޓީ ޕީއެންސީއިން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރުމުން އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޕާޓީގެ ލީޑަރޝިޕްއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އެގޮތުން ލީޑަރޝިޕްގެ އިސްތިއުފާއަށްވެސް ގޮވާލިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
