މާލެ: 31°C
ލައްކައެއްހާ މީހުން ޔާމީނަށް ތާއީދު ކުރޭ: ޝިޔާމް

ލައްކައެއްހާ މީހުން ޔާމީނަށް ތާއީދު ކުރޭ: ޝިޔާމް

13 ޖުލައި 2023
18 ފަހަރު ބަލާފައި
ލައްކައެއްހާ މީހުން ޔާމީނަށް ތާއީދު ކުރޭ: ޝިޔާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ލައްކައަކަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮންނަ ބޭފުޅެއްކަމަށް ރައްޔިތުނަގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމުން ރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލައިގެން ރައީސް ސޯލިހު ކުރައްވާ ކަމަކީ އެއް ލައްކައަށް ވުރެ ގިނަ ދިވެހިންގެ ޖަޒުބާތުތަކާއި ކުޅެ ރުޅި އެރުވުން ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް ޝިޔާމް ވަނީ ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފަ އެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ދޭ ކޮންމެ އަނިޔާއެއް ވަރަށް ގާތުން ރައްޔިތުން ބަލާނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް 'އަތް ބާނާ' ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަންކުރަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ނަސީރު ކިޔާ ބޭފުޅަކާއި ދެ މީހުން ވެގެން ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ