ކުރިއަށް އޮތް ފަސް އަހަރު އެންމެ އިސްކަންދޭނީ ޒުވާނުންނަށް ފުރުސަތު ދިނުމަށް: ރައީސް

ކުރިއަށް އޮތް ފަސް އަހަރު އެންމެ އިސްކަންދޭނީ ޒުވާނުންނަށް ފުރުސަތު ދިނުމަށް: ރައީސް
ލިޔުން:
އެމްޑީޕީ ކޯލިޝަނުން ބޭނުންވާ އަމާން ރާއްޖެއަށް ދެވޭނީ ޒުވާން ޖީލަށް ފުރުސަތު ދީގެންކަމަށާއި އެ ކުދިންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މަޑުއްވަރީއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދެވި އިރުވެސް ޒުވާނުން ބިނާ ކުރުން ދޫކޮށްނުލަށްވާ ކަމަށެވެ. އެގޮތުން ސްކޫލުތަކަށް ބޭނުންވާ އުމްރާނީ ވަސީލަތް ގާއިމު ކުރުމުގެ އިތުރުން މީހުން ބިނާކުރުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ވަރަށް އުއްމީދީ ކުދިންކޮޅެއް މިއަންނަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެކުދިން އައިސް މިޤައުމު އެހެން މަރުހަލާއަކަށް ގެންދިއުން. އަޅުގަނޑުމެން މި ބޭނުންވާ އުފާވެރި އަމާން ރާއްޖެއަށް ދެވޭނީ މިކުދިންނަށް ފުރުސަތު ދީގެން" ރައީސް ސޯލިހު ވިދާޅުވި އެވެ.
ކުރީގެ ވެރިކަމުގައި ކަންކަން ކުރުމަށް ރާވާފައިވާ ގޮތުން ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދޭން 15 ނުވަތަ 20 އަހަރު ނަގާނެކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވީ ހުރިހާ ވައުދެއްގެ ތެރެއިން 90 އިންސައްތަ ނިމިފައިވާކަމަށް ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވަނީ މި ވެރިކަމުގައި ޒުވާނުން ބިނާ ކުރުމަށް ދީފައިވާ ފުރުސަތުތައް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން މިހާރު 17058 ދަރުވަރުން ކިޔަވަމުންދާ ކަމަށާއި 6540 ދަރިވަރުން ކިޔަވާ ނިމިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
