މާލެ: 31°C

ކުޅުދުއްފުށި ސިޓީއަށް ރައީސް ނަޝީދު ވަޑައިގަންނަވާތީ މަރުޙަބާ ދަންނަވަން ރައްޔިތުން ނިކުމެދިނުމަށް އެދުމުންވެސް ނިކުތީ ކައުންސިލް މުވައްޒަފުން އެކަނި!

June 14, 2023
2 ފަހަރު ބަލާފައި

ކުޅުދުއްފުށި ސިޓީގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް، ރައީސް ނަޝިދު ކުޅުދުއްފުށި ސިޓީއަށް ކުރެެއްވި ދަތުރުފުޅުިގައި އެއމަނިކުފާނަށް މަރުހަބާދަންނަވަން ކައުންސިލް މުވައްޒަފުން އެކަނި ނިކުތުމުން އެމަނިކުފާނަށް އެސިޓީގައި ތާއިޑު ދައްވެފައިވާ މިންވަރު ހާމަވާކަމަށް ސިޔާސީ އެކިއެކި މީސްމީޑިއާ ގުރޫޕްގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ދާދިފަހުން އެމް.ޑީ.ޕީ ދޫކޮށް ވަކި ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރާ ޕާޓީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެމް.ޑީ.ޕީ ގެ ހުރިހާ މެންބަރުން މިހާރު ގުޅިފައިވާއިރު އެޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝިދުކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންކަމުން އެފަދަ ދަނޑިވަޅެއްގައި ކުޅުދުއްފުށި ސިޓީއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ލިބުނު ފިނި ތަރުޙީބުން ހާމަވަނީ މިހާރު އެސިޓީގެ ރައްޔިޔުންގެ ތަރުހީބު އެމަނިކުފާނަށާއި މިހާރުގެ ކައުންސިލަށް ނެތްކަން ކަމުގައިވެސް އެފަރާތްތަކުންދަނީ ބުނަމުންނެވެ. މަރުޙަބާ ދެންނެވުމަށް އެއާރޕޯޓް ސަރަޙައްދަށް ދިއުމަށް ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިފައިވާއިރު އެ އެދުމަށް އެސިޓީގެ ރައްޔިތުން އިޖާބަދީފައިނުވާކަން ވަރަށް ސާފުކޮށް އެގެއެވެ. އެހެނމްކަމުން ކައުންސިލުގެ މެންބަރުންގެ ޕާޓީބަދަލުކުރުމުގެ ވިސްނުމަކީ އެސިޓީގެ ރައްޔިތުންގެ ވިންދާ ދެކޮޅު ނިންމުމެެއްކަން ދޭހަވާކަމަށްވެސް މީސްމީޑިޔާގައި ސިޔާސީ ފަރާތްތަކުންދަނީ ބުނަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ