މާލެ: 31°C

ކުޑަކުދިންގެ އެކައުންޓުތަކުން ޒަކާތް ދައްކާނީ ކިހިނެއް؟

April 17, 2023
2 ފަހަރު ބަލާފައި
ކުޑަކުދިންގެ އެކައުންޓުތަކުން ޒަކާތް ދައްކާނީ ކިހިނެއް؟
ކުޑަކުދިންގެ އެކައުންޓުތަކުން ޒަކާތް ދައްކާނީ ކިހިނެއް؟
ކިޑްސް އެކައުންޓަކީ ފައިސާ ޖަމާކުރާ މީހާ ބޭނުންވާ އިރަކު ފައިސާ ނެގޭގޮތަށް ހުންނަ އެކައުންޓަކަށް ނުވާނަމަ އޭނާގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައި އެފައިސާ ހުރިކަމަށްނުވެއެވެ. އަދި އެފައިސާއަކީ ވަކި މުއްދަތެއް ފަހުން ނެގޭގޮތަށް ހުންނަ ފައިސާކަމަށްވާތީ އެފަދަ އެކައުންޓުތަށް ޒަކާތުގައި ބެލެވެނީ ރެސްޓްރިކްޓެޑް އެކްސެސް އެކައުންޓުގެގޮތުގައެވެ. މިފަދަ އެކައުންޓުތަކުން ޒަކާތް ދައްކާނީ އެފައިސާ އަތަށް ލިބުނު ދުވަހަކުން ހަމައެކަނި އެއް އަހަރުގެ ޒަކާތް އެކަންޏެވެ. މިސާލަކަށް ކިޑްސް އެކައުންޓަށް ޖަމާވެފައި ހުރީ ޖުމްލަ 100000 (އެއްލައްކަ) ރުފިޔާ ނަމަ، އެ ފައިސާ އަތަށް ލިބުނު ދުވަހަކުން އެ ފައިސާގެ 2.5 ޕަސެންޓަށްވާ 2500 ރުފިޔާއެވެ. ޝެއިޙް މުޙައްމަދު ޝާފިޢުގެ ލިޔުމަކުން ނަގާފައި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ