ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް ސޯލިހް އިފްތިތާހްކޮށްދެއްވައިފި

ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް ސޯލިހް އިފްތިތާހްކޮށްދެއްވައިފި
ލިޔުން:
މުލަކަތޮޅު ކޮޅުފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ.
އެމަނިކުފާނު އެކަން ކުރައްވައިފައިވަނީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ހެނދުނު ރައީސް ސޯލިހު ވަނީ މ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުންފާހަގަކުރުމާއި އެރަށުގެ ފެނުނުގެ ނިޒާމު ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ.
ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ގްރީން ފަންޑުން ހަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓެއް ގާއިމުކުރުމުގެ އިތުރުން ދެ ބްރޭކްވޯޓަރ ގާއިމްކޮށް އިރު ދެކުނު ފަރާތުން ގިރާ ސަރަޙައްދަށް ވެލިއެޅުމާއި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށްފައިވެއެވެ. ކޮޅުފުށީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޑެޓުންނެވެ. ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިންގ އިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
