ކަންގަނާ އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވެއްޖެ

ކަންގަނާ އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވެއްޖެ
ލިޔުން:
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރުކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އިންތިހާބުވެއްޖެއެވެ.
ބީޖޭޕީގެ ޓިކެޓް ގައި ހިމާޗަލް ޕްރަދޭޝްގެ މަންޑީއިން އިންތިހާބުގައި ދެންވާދަކޮށްފައިވަނީ ކޮންގްރެސްޕާޓީގެ ކެނޑިޑޭޓް ވިކްރަމަދިތްޔާ ސިންގް އެވެ. މިއަދު އިއުލާނުކުރަމުންގެންދާ އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާގެ ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ނަތީޖާ މިހާރު އިޢުލާނުކޮށްފައިވާއިރު ބަތަލާ ކަންގަނާ ވަނީ ފާހަގަކޮށްލެވޭވަރުގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯއްދަވާފައެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އުމުރުން 37 ބަތަލާ ވަނީ އޭނާގެ ޝުއޫރު އެކްސްގައި ހިއްސާކޮށްފައެއެވެ. ކަންގަނާގެ ޓްވީޓް ގައި ވަނީ "މި ތާއީދަށް ޓަކައި މަންޑީގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން، މި ލޯތްބާއި އިތުބާރު މި ކާމިޔާބަކީ ތިޔަ އެންމެންގެ ކާމިޔާބީއެއް، މިއީ ބޮޑުވަޒީރު މޯދީ އާއި ބީޖޭޕީއަށް އޮތް އިތުބާރުގެ ކާމިޔާބީ، މިއީ ސަނާތާންގެ ކާމިޔާބީ، މިއީ މަންޑީގެ ޝަރަފުގެ ކާމިޔާބީ" ކަމަށެވެ.
އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ވިކްރަމަދިތްޔާ ސިންގް ގެ މައްޗަށް ކަންގަނާ ކުރިހޯދާފައިވަނީ 72088 ވޯޓުގެ ތަފާތަކުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
