މާލެ: 31°C

ޖުމްހޫރީ ޕާޓީ އެދަނީ ރަނގަޅުމަގުން ނޫންކަމަށްބުނެ ޖުމްހޫރީ ޕާޓީގެ އަސްލު މެންބަރުން އެޕާޓީ ދޫކޮށް ދާންފަށައިފި

March 31, 2023
2 ފަހަރު ބަލާފައި
ޖުމްހޫރީ ޕާޓީ އެދަނީ ރަނގަޅުމަގުން ނޫންކަމަށްބުނެ ޖުމްހޫރީ ޕާޓީގެ އަސްލު މެންބަރުން އެޕާޓީ ދޫކޮށް ދާންފަށައިފި
ޖުމްހޫރީ ޕާޓީ އެދަނީ ރަނގަޅުމަގުން ނޫންކަމަށްބުނެ ޖުމްހޫރީ ޕާޓީގެ އަސްލު މެންބަރުން އެޕާޓީ ދޫކޮށް ދާންފަށައިފި
ޕާޓީ ނިޒާމަށް ދިވެހި ރާއްޖޭގައި ފުރުސަތު ހުޅުވިގެންދިއުމާގުޅިގެން 3 ވަނައަށް އުފަންވި ސިޔާސީ ޕާޓީއަކީ "ޖުމްހޫރީ ޕާޓީ" އެވެ، ޖުމްހޫރީ ޕާޓީ މިހާ ހަމައަށް ފެނިފައިވަނީ ހާއްސަކޮށް ރިޔާސީ އިންތިހާބުތަކާދިމާކޮށް ވަރަށްބޮޑަށް ޙަރަކާތްރިވާ ޕާޓީއެއްގެ ގޮތުގައެވެ. 2019 އަހަރުގެ ކުރިއަށްޖެހިލާއިރު އެޕާޓީގެ އިސްސަފުން އަބަދުވެސް ފެނިގެންގޮސްފައިވަނީ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ވަފާތެރި ފާހަގަކޮށްލެވޭ ބޭފުޅުންތަކެކެވެ. ނަމަވެސް 2018 ވަނައަހަރުގެ ރިޔާސީ އިންތިޙާބުގައި ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކެނޑިޑޭޓް ބަލިވެ ވެރިކަން ޕީ.ޕީ.އެމް އާށް ގެއްލުނު ހިސާބުން ޕީ.ޕީ.އެމްގެ އިސްސަފުގައި ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތެވެ، އޭރު ޖުމްހޫރީ ޕާޓީއަކީ އަލަށް ވެރިކަމާ ޙަވާލުވާ ކޯލިޝަންގެ ޕާޓްނަރެކެވެ. ނަމަވެސް އަލަށް ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގަތް ބޭފުޅުން ފެނިގެންދިޔައީ ސަރުކާރާފެއަށް ޖުމްހޫރީޕާޓީ ގެންދަން މަސައްކަތްކުރާތަންކަމުގައި ސިޔާސީ ދާއިރާގައި މަސައްކަތްކުރާފަރާތްތަކުން ދިޔައީ ފާހަގަކުރަމުންނެވެ. ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލް ވަނީ އެޕާޓީގެ ހިންގުމާ އަލަށް ޙަވާލުވި ޓީމުން ނަގާފައެވެ. އެއާއެކު ޖުމްހޫރީ ޕާޓީގައި އިހުންސުރެ ތިބި އެ ޕާޓީގެ ލީޑަރަށްވަފާތެރި މެންބަރުން ދަނީ އެ ޕާޓީ ދޯކޮށްދަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ކުރީގެ ތޮއްޑޫ ދާއިރާގެ މެންބަރ އިބްރާހިމް ހަސަން (އެވިލާ) އެވެ. އަދި ހަމަ އެ ޕާޓީގެ އަންހެނުންގެ ލީޑަރ ކަން 2 ދައުރު ކޮށްފައިވާ ވަލީދާ ވަލީދު އާއި އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާދިމް އާއި އެމް.ޑަބްލިއު.އެސް.ސީގެ އެމް.ޑީ ޝާހު ފަދަ ބޭބޭފުޅުން މިހިނގާ ދުވަސްތަކުގައި އެޕާޓީ ދޫކޮށްވަނީ ވަނީ ގޮސްފައެވެ. ޖުމްހޫރީ ޕާޓީ ދޫކޮށް ގޮސްފައިވާ ހުރިހާ ބޭފުޅުންގެވެސް ބަހަކީ ޖުމްހޫރީ ޕާޓީ މިހާރު ދަނީ ނުބައި މިޝްރާބަކަށްކަމަށާއި، ގައުމަށް މިވަގުތަށް އެއްމެ ފައިދާހުރިގޮތަކީ އެޕާޓީއާއި ދުރަށްޖެހިލުންކަމަށްފެންނާތީ އެ ޕާޓީ އިން ވަކިވީ ކަމުގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ