ޖޭޕީން އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި: އަލީ ސޯލިހު

ޖޭޕީން އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި: އަލީ ސޯލިހު
ލިޔުން:
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރައްވާނެ ކަމަށާއި، ނަމަވެސް އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި ކަމަށް ޕާޓީން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ކައުންސިލް މެމްބަރު އަދި ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ދެރައެއްވާ އެއްވެސް ކަމެއްގައި އިސްވެ ބައިވެރިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިންތިހާބުގައި ވާދަކުރާނަން. އަޅުގަނޑުމެންގެ އިންތިހާބުގައި ވާދަކުރާނެ ގޮތް ދަންނަވަން ދަތި، އެއީ ގިނިކަންޏާތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ މިހާރު އޮތް ކޯލިޝަންގެ ތެރެއިންތޯ" އަލީ ސޯލިހު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިވެރިއެކެވެ.
ޖުމްހޫރީ ޕާޓީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ 2023 އަށް ތައްޔާރުވުމަށް ޕާޓީގެ ހިންގުން ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ކޯލިޝަނަކާއެކު ވެރިކަމަށް އާދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހު ވާދަކުރެއްވުމާ ނުކުރެއްވުމުގެ ބާރު އޮތީ ގާސިމް ނިންމަވާ ގޮތަކަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
