މާލެ: 31°C

އިސްލާމްފޯބިއާ ދެކޮޅަށް މަސައްކަތްކުރަން ކެނެޑާއިން ފުރަތަމަ ފަހަރަށް މަންދޫބަކު ކަނޑައަޅައިފި

January 29, 2023
2 ފަހަރު ބަލާފައި
އިސްލާމްފޯބިއާ ދެކޮޅަށް މަސައްކަތްކުރަން ކެނެޑާއިން ފުރަތަމަ ފަހަރަށް މަންދޫބަކު ކަނޑައަޅައިފި
އިސްލާމްފޯބިއާ ދެކޮޅަށް މަސައްކަތްކުރަން ކެނެޑާއިން ފުރަތަމަ ފަހަރަށް މަންދޫބަކު ކަނޑައަޅައިފި
އިސްލާމްދީނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ނުވަތަ އިސްލާމްފޯބިއާ ދެކޮޅަށް މަސައްކަތް ކުރަން ކެނެޑާއިން ފުރަތަމަ ފަހަރަށް މަންދޫބަކު ކަނޑައަޅައފިއެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އާމިރާ އެލްގަވާބީ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެކަން ބޮޑުވަޒީރު ކެނެޑާގެ ޖަސްޓިން ޓްރޫޑޯ އިއުލާން ކުރެއްވީ އިސްލާމް ދީނަށް ފުރައްސާރަކުރުން ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުތަކާއި އެހެނިހެން ޕްރޮގްރާމްތަކަށް ލަފާ ދިނުމުގެ މެންޑޭޓަކާ އެކުއެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ އެލްގަވާބީ އަކީ ކެނެޑިއަން ރޭސް ރިލޭޝަންސް ފައުންޑޭޝަންގެ ކޮމިއުނިކޭޝަން ހެޑް އަދި ޓޮރޮންޓޯ ސްޓާ ނޫހުގެ ކޮލަމިސްޓެކެވެ. ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެލްގަވާބީގެ މަގާމަށް އައްޔަން ކުރެއްވުމަކީ އިސްލާމް ދީނާ މެދު އުފައްދާ ނަފްރަތާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. "ޑައިވާސިޓީ އަކީ ހަގީގަތުގައި ވެސް ކެނެޑާގެ އެންމެ ބޮޑު އެއް ބާރު، އެކަމަކު ގިނަ މުސްލިމުންނަށް އިސްލާމް ފޯބިއާ އަކީ ވަރަށް ބޮޑަށް ދަންނަ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. ނަސްލީ ތަފާތުކުރުމާއި ނަފްރަތު އުފެއްދުމާއި ހަމަނުޖެހުންތަކާއި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ފެތުރުން ހުއްޓުވުމަށް ހުރިހާ ފަންތިއެއްގެ ކަމާބެހޭ ފަރާތްތަކަށް އެތައް ކެނެޑާގެ މުސްލިމު ލީޑަރުން ގޮވާލަމުންދާތާ އެތަކެއް އަހަރުވެއްޖެއެވެ. 2020 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުން ގޮތުގައި ފާއިތުވި އަހަރުތަކުގައި އެގައުމުގައި ހަރަކާތްތެރިވާ ނަފްރަތު އުފައްދާ ޖަމާއަތްތަކުގެ އަދަދު ތިން ގުނަ ވަނީ އިތުރުވެފައެވެ. ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި އޮންލައިންކޮށް "އެންމެ ފާހަގަކޮށްލެވޭ" އެއް މައުލޫއަކީ މުސްލިމުންނާ ދެކޮޅު ވާހަކަތަކެވެ. 2017 ވަނަ އަހަރު ކިއުބެކް ސިޓީގެ މިސްކިތެއްގައި ނަމާދަށް ދިޔަ މުސްލިމް ހަ ފިރިހެނަކު ވަނީ މަރާލައިފައެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ޓޮރޮންޓޯ ސަރަހައްދުގައި މިސްކިތް ބަލަހައްޓާ މީހަކު ވެސް ވަނީ މަރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ