މާލެ: 31°C

އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ބަލަނީ

June 20, 2022
142 ފަހަރު ބަލާފައި
އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ބަލަނީ
އިސްލާމް ދީނަށް ފުރައްސާރަ ކުރި ދިވެއްސެއްގެ މައްސަލަ ބަލަނީ
އިސްލާމް ދީނަށް ފުރައްސާރަކޮށް ޓުވީޓުކުރަމުންދިޔަ ދިވެއްސެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ޓްވީޓާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްްސާރަކޮށް ޓުވީޓުތައް ކޮށްފައިވާ އެކައުންޓް މިހާރު ފެންނަން ނެތް ނަމަވެސް، އެކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނީ،  އެފަދަ މައްސަލައެއްް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެ ޓުވިޓާއެކައުންޓް މިހާރު ޑީއެކްޓިވޭޓްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން މާތްﷲއާއި ރަސޫލާއަށް ޝޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ބައެއް ދިވެހިން ފުރައްސާރަކޮށް ތައުހީނުކުރާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް ފަރާތްތައް ހައްޔަރުކޮށް ދައުވާކޮށްފައިވެސް ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ