ބަލިވީ އިންތިހާބަށް ފޯކަސް ނުކުރެވުމުން، މާފަށް އެދެން: ޕީއެންސީ

ބަލިވީ އިންތިހާބަށް ފޯކަސް ނުކުރެވުމުން، މާފަށް އެދެން: ޕީއެންސީ
ލިޔުން:
އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީ އަށް ލިބުނު ބޮޑު ނާކާމިޔާބަކީ ކުރަންވާ ވަރަށް އިންތިވާބަށް ފޯކަސް ނުކުރެވުމުން ކުރިމަތިވި ނާކާމިޔާބީއެއްކަމަށް ޕީއެންސީ އިން ބުނެފިއެވެ.
އިންތހާބަށްފަހު ވާހަކަދައްކަމުން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް ވިދާޅުވީ އިންތިހާބަށް އެކަށިގެންވާ މިންވަރަށް ފޯކަސް ނުކުރެވުނު ކަމަށާ، އެއީ ބަލިވުމުގެ އެންމެ މައިގަނޑު އެއް ސަބަބު ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު މި ވޭތުވެދިޔަ ދުވަަސްތަކުގައި ޕާޓިގެ ސަޕޯޓަރުންނާ އެކަށީގެންވާ ގުޅުމެއް ބޭއްވިފައި ނުވާކަންވެސް އަބްދުއްރަހީމް ވަނީ ފާހަގަ ކުރައްވާފައެެވެ.
މާލޭ ސިޓީގެ މޭޔަރ އިންތިހާބުގައި ޖުމްލަ 5 ކެނޑިޑޭޓަކު ވާދަ ކުރެއްވިއިރު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ތަފާތު ބޮޑުކޮށް ވޯޓް ހޯއްދަވައިގެންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އާޒިމް އަށް 7600 އަށް ވުރެ ގިނަ ވޯޓް ލިބިފައި ވާއިރު އެންމެ ދާތުން ވާދަކުރެއްވި ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ އަށް ލިބިލެއްވީ 5069 ވޯޓެވެ. ތިންވަނައަށް ދިޔަ ދަޑިމޮކްރެޓްސް ގެ ކެންޑިޑޭޓް ސައިފަށް 2347 ވޯޓު ލިބިފައި ވާއިރު ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރެއްވި ހުސެންވަހީދަށް ލިބިފައިވަނީ 1920 ވޯޓެވެ. އަދި އިންތިހާބުގެ އެންމެ ފުލަށްދިޔަ ޝުއައިބަށް ލިބިފައިވަނީ އެންމެ 126 ވޯޓެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
