މާލެ: 31°C

އިންތިހާބުގައި ވާދަ ކުރެވޭނީ 100،000 ރުފިޔާ ދައްކައިގެން: އީސީ

July 22, 2023
2 ފަހަރު ބަލާފައި
އިންތިހާބުގައި ވާދަ ކުރެވޭނީ 100،000 ރުފިޔާ ދައްކައިގެން: އީސީ
އިންތިހާބުގައި ވާދަ ކުރެވޭނީ 100،000 ރުފިޔާ ދައްކައިގެން: އީސީ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް އިލެކްޝަންސް ކޮމިޝަނަށް 100،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެންޑިޑޭޓުން ދައްކަން ޖެހޭ 100،000 ރުފިޔާ އަކީ އިދާރީ ފީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ނަގާ ފައިސާއެއް ކަމަށެވެ. އަދި މިއީ ޑިޕޮސިޓް ފައިސާއެއް ނޫންކަމަށްވެސް ހަބީބް ވިދާޅުވި އެވެ. "މިއީ ޑިޕޮޒިޓް ފައިސާ އެއްނޫން. މި ފައިސާއަކީ ކެންޑިޑޭޓަށް އަނބުރާ ލިބޭނެ އެއްޗެއްނޫން،" ހަބީބް ވިދާޅުވި އެވެ. މި ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިން އީސީން ފައިސާ ދައްކަން އެންގުމުން ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ އަމިއްލަ ކެންޑިޑޭޓުނަށް އިންތިހާބުގައި ވާދަ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ 1،500 މީހުންގެ ސޮއި ހިމެނޭ ލިޔުމެއް އީސީއަށް ހުށަހެޅުމުންކަމަށް ހަބީބް ވިދާޅުވި އެވެ. އެ ލިޔުމުގައި އެމީހުންގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި ހިމެނެން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. "މި ލިޔުމަކީ ސައްހަ ސޮއި ހިމެނޭ އަދި މަޢްލޫމާތު ފުރިހަމަވެފައިވާ ލިޔުމަކަށް ވާންވާނެ. މި ލިޔުން މާދަމާ އިން ފެށިގެން އީސީ އިން ލިބިވަޑައިގަންނަވާނެ. ލިޔުމުގައި ސޮއިކުރައްވާ 1500 ބޭފުޅުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅުއްވާކަށް ޖެހިވަޑައިނުގަންނަވާނެ،" ހަބީބް ވިދާޅުވި އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރަކަށް ގޮސްފިނަމަ އެ އިންތިހާބު ބާއްވާނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމުލަ 604 ވޯޓު ފޮށި ބަހައްޓާ އިރު މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،406 މީހުންނަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ