މާލެ: 31°C

އިންތިހާބުން ބަލިވުމަކީ އަޅުގަނޑު ދަންނަ ކަމެއް ނޫން، ބަލިވާނަމަ އަޅުގަނޑު އެކަމަކާ ނޫޅޭނެ: ރައީސް ނަޝީދު

January 2, 2023
2 ފަހަރު ބަލާފައި
އިންތިހާބުން ބަލިވުމަކީ އަޅުގަނޑު ދަންނަ ކަމެއް ނޫން، ބަލިވާނަމަ އަޅުގަނޑު އެކަމަކާ ނޫޅޭނެ: ރައީސް ނަޝީދު
އިންތިހާބުން ބަލިވުމަކީ އަޅުގަނޑު ދަންނަ ކަމެއް ނޫން، ބަލިވާނަމަ އަޅުގަނޑު އެކަމަކާ ނޫޅޭނެ: ރައީސް ނަޝީދު
އިންތިހާބުން ބަލިވުން އެއީ ދަންނަ ކަމެއް ނޫންކަމަށާއި އިންތިހާބުން ބަލިވާނަމަ އެކަމަކާ ނޫޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިމަހު 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިންތިހާބުން އެމަނިކުފާނު ބަލިވުމަކީ އެއްގޮތަކަށްވެސް އަންދާޒާ ކޮއްފައިވާ ކަމެއް ނޫންކަމަށެވެ. އަދި އެއީ އިންތިޒާރު ކުރާ ކަމެއް ނޫން ކަމަށާއ ދެކޭ މަންޒަރެއްވެސް ނޫންކަމަށާއި އަދި ދުވަހަކު ވެފައި އޮތް ގޮތެއްވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިންތިހާބުތަކުން ބަލިވާ ނަމަ އެކަމަކާ ނޫޅޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. "ހުރިހާ އެންމެން ކައިރީގައިވެސް އަޅުގަނޑު މި ދަންނަވަނީ ނެތް އެހެން ގޮތެއް އަޅުގަނޑު މޮޅުވުން ނޫން". ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އެމަނިކުފާނު މޮޅުވުން ނޫން ގޮތެއް ނެތް ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. ކެމްޕެއިންގެ ފޯރިގަދަވެ އެމްޑީޕީ ވަނީ 2 ބަޔަކަށް ބެހިފައެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ވަރުގަދަ ބަހުގެ ހަމަލާތައް ދަނީ ރައްދުކުރަމުންނެވެ. މިދިޔަ ހަފްތާގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދު އޮތް ހޮޔާލު ތަފާތު ވުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމަނިކުފާނު ހުރުން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ