މާލެ: 31°C

އިންތިހާބު ކޮންޒަވޭޓިވްސް އަށް ކާމިޔާބުކުރެވިއްޖެނަމަ އިނގިރޭސިވިލާތުގެ 18 ފުރޭ ކޮންމެ ރައްޔިތަކު ގައުމީ ޙިދުމަތައް ނިކުންނަށް ލާޒިމްކުރާނަން - ބޮޑުވަޒީރު ރިޝީ ސުނަކް

May 26, 2024
2 ފަހަރު ބަލާފައި

ޖުލައި 4 ގައި އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިހާބު ކޮންޒަވޭޓިވް ޕާޓީއަށް ކާމިޔާބުކުރެވިއްޖެނަމަ 18 އަހަރު ފުރޭ ކޮންމެ ރައްޔިތަކު ގައުމީ ޙިދުމަތައް ނިކުންނަން ލާޒިމްކުރާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ރިޝީ ސްނަކު ވިދާޅުވީ 18 އަހަރުވާ އިނގިރޭސި ކޮންމެ ރައްޔިތަކަށް އަސްކަރީޔާގައި ފުލްޓައިމް މަސައްކަތް ކުރުމަށް ނުވަތަ ހަފްތާ ބަންދު ގައި ކޮމިއުނީޓީ ސާވިސްގައި ބައިވެރި ވުމަށް ޗޮއިސް އޮންނާނެކަމަށެވެ. އެގޮތުން ފުލްޓައިމްކޮށް އަސްކަރިއްޔާއާ ގުޅޭ ފަރާތްތަކަށް ޖެހޭނީ ސިފައިން ނުވަތަ އިނގިރޭސިވިލާތުގެ ސައިބާ ޑިފެންސްގައި 12 މަސް ދުވަހު މަސައްކަތްކުރާށެވެ. އެ ފުރުސަތުގައި ލޮޖިސްޓިކްސް، ސައިބާ ސެކިއުރިޓީ، ޕްރޮކިއުމަންޓް ނުވަތަ ސިވިލް ރެސްޕޮންސް އޮޕަރޭޝަންތަކާ ބެހޭ ގޮތުން މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި ކޮމިއުނިޓީ ސާވިސްގައިގައި ބައިވެރިވާ ފަރާތްތަކަށް އަހަރަކު 25 ދުވަހު އެގައުމުގެ ފަޔަރ ބްރިގޭޑް، ޕޮލިސް ފޯސް ނުވަތަ ނޭޝަނަލް ހެލްތް ސަރވިސް މެދުވެރިކޮށް ނޭޝަނަލް ސާވިސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ބޮޑުވަޒީރު ރިޝީ ސުނަކު ވިދާޅުވީ އެކަމުގެ ސަބަބުން ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި ވަރުގަދެވެ، ގައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެ އަދި ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރު އިތުރުވެ ވަޒީފާ އާދާކުރާ ޒުވާނުން އިތުރުވެގެންދާނެކަމަށާއި، އެކަމުގެ ސަބަބުން ކުއްމަދުވެ މުޖުތަމައުގެ ހަމަޖެހުން ގާއިމްވެފައިވާތަނަކަށް އިގިރޭސިވިލާތް ވެގެންދާނެކަމެށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ