މާލެ: 31°C

އިންޑިއާ އާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައީސް ޑރ.މުއިއްޒު މައާފަށް އެދެންޖެހޭ: ޤާސިމް

January 28, 2024
3 ފަހަރު ބަލާފައި
އިންޑިއާ އާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައީސް ޑރ.މުއިއްޒު މައާފަށް އެދެންޖެހޭ: ޤާސިމް
އިންޑިއާ އާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައީސް ޑރ.މުއިއްޒު މައާފަށް އެދެންޖެހޭ: ޤާސިމް
ޗައިނާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން އިންޑިއާ އާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް އިންޑިއާ ސަރުކާރުގެ ކިބައިން ރަސްމީކޮށް މައާފަށް އެދެންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީޕާޓީގެ ލީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ޗައިނާއިން އެނބުރި ވަޑައިގެން އަވައްޓެރި އިންޑިއާ އާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު ވާހަކަ ދައްކަވާފައިވާ އެވާހަކަތަކަކީ ޒިއްމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. ޤާސިމް ވިދާޅުވީ ރައީސް ގެ ވާހަކަފުޅުގައި "އިންޑިއާ" ނަން ވިދާޅުވިނަމަވެސް އެއީ އެގައުމުގެ ވާހަކަކަން އެންމެނަށް އެނގޭ ކަމަށެވެ.
ލަދުން ހުންނަވާނެކަމެއްނެތް. އިންޑިއާ ކިބައިން މައާފަށް އެދެންވީ. އިންޑިއާގެ ބޮޑުވަޒީރުގެ ކިބައިންވެސް އަދި އެގައުމުގެ ސަރުކާރުގެ ކިބައިންވެސް.އެގޮތަށް ޖެހިގަނެގެން އަޅުގަނޑުމެންނަށް ވާނެ ފައިދާއެއްނެތް.
ގާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ އެއްވެސް ގައުމަކާއި އެހާ ޒާތީކޮށް ވާހަކަތައް ދެއްކުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށާއި، ރާއްޖެއާ އިންޑިއާ އާ ދެމެދު އޮތް ގާތްގުޅުން ގޯސްކުރުމުގެ މުގުުލުގައި ހުންނެވީ ކުރީގެ ރައީސް ޔާމީނު ކަމަށެވެ. އަދި އެކަން ހުއްޓުވަން ރައީސް ސޯލިހު އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިނުވާކަމަށާއި، އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިހާ ގޯސްވީ އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިގެން ކަމަށެވެ. ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިމަހުގެ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ،  އެއް ދިމާލަކަށް އާސަންދަ ލިބޭގޮތަށް އޮންނަ އުސޫލު ބަދަލުކޮށް ދުބާއީ، އަދި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް އާސަންދަ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖެއިން ބޭރުން މިހާރު އެތެރެކުރަމުންދާ ބޭހުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޔޫރަޕާއި އެމެރިކާ ފަދަ ގައުމުތަކުން ބޭސް އެތެރެކުރާނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި އާދައިގެ ފެންވަރުގެ ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. https://minivan.mv/95648/ މިކަމާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ ތައިލެންޑާއި، ޔޫއޭއީން ލިބޭ ބޭސްފަރުވާ އާއި އިންޑިއާއިން ލިބޭ ބޭސްފަރުވާ އަޅާނުކިޔޭނެ ކަމަށާއި، ބޭސްވެރިކަމުގައި އިންޑިއާ އަކީ އެ ގައުމުތަކަށްވުރެ ކުރީގައި އުޅޭ ގައުމެއް ކަމަށެވެ. އަދި އިންޑިއާއިން ބޭސް އެތެރެކުރުން ހުއްޓަވާލައްވާނޭ ކަމަށް ވިދާޅުވިއިރު، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކަށްވެސް އިންޑިއާގެ ބޭސް އެތެރެކުރާކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ