އިލްޔާސް ދޮރުން ދޮރަށް ހަރަކާތް ފައްޓައިފި

އިލްޔާސް ދޮރުން ދޮރަށް ހަރަކާތް ފައްޓައިފި
ލިޔުން:
ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް"ގެ ޓިކެޓުގައި ވާދަ ކުރައްވާ އިލްޔާސް ލަބީބް މާލޭގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިފި އެވެ.
އިލްޔާސް ދޮރުން ދޮރަށް ހަރަކާތް ފައްޓަވާފައިވަނީ އިއްޔެ ޑިމޮކްރެޓްސްއިން ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ އިލްޔާސް އެކަންޏެވެ. އެހެންކަމުން އެ ޕާޓީން ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ. އެ އިންތިހާބުގައި ޖުމުލަ 3،203 މީހުން ވޯޓު ލީ އިރު އިލްޔާސްއަށް ރިޔާސީ ޓިކެޓް ދޭން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 3،041 މީހުންނެވެ.
މާލޭގައި ޑިމޮކްރެޓްސްއިން މިއަދު ދޮރުން ދޮރަށް ހަރަކާތް ފެއްޓި އިރު ޑިމޮކްރެޓްސްއިން އަންނަނީ އެކި ރަށްރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ ޕާޓީގެ މެނިފެސްޓޯ ހެދުމަށްވެސް އެ ޕާޓީން ވަނީ ރަށްރަށަށް ޒިޔާރާތް ކޮށްފަ އެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ މިއަދު އައްޑޫއަށް ދިއުމަށް ހަމަޖެހިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
