މާލެ: 31°C

އިހު ދުށް އަނިޔާވެރިކަން އިޔާދަވާން ފަށައިފި: ރައީސް ސޯލިހު

March 27, 2024
2 ފަހަރު ބަލާފައި
އިހު ދުށް އަނިޔާވެރިކަން އިޔާދަވާން ފަށައިފި: ރައީސް ސޯލިހު
އިހު ދުށް އަނިޔާވެރިކަން އިޔާދަވާން ފަށައިފި: ރައީސް ސޯލިހު
އަދުގެ ސަރުކާރުން އެއްވެސް ކަހަލަ އަސާސެއްނެތި ސިޔާސީ ލީޑަރުން ހައްޔަރުކުރަން ފެށުމުން ދޭހަވަގެންދަނީ އިހު އޮތް އަނިޔާވެރިކަން އަލުން އިޔާދަވާން ފެށުންކަމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައިވަނީ، އާރުޑީސީގެ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން، އަދި ރައީސް ސޯލިހު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މާދަމާގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާއި ގުޅިގެންނެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް އަޅުގަނޑުމެން ދުށް އަނިޔާވެރިކަމާއި ޤާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނޭ ކަމަށެވެ. https://twitter.com/ibusolih/status/1773015827408629894 ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާ ގުޅިގެން ފައްޔާޒް ވިދާޅުވެފައިވަނީ އާރުޑީސީ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއްނެތް، ސިޔާސީ ތުހުމަތު ތަކެއްކަމަށެވެ. ފައްޔާޒް ވިދާޅުވީ އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމަށާއި، ސިޔާސީ ތުުމަތުތައް ކުރުމުގެ ސިލްސިލާ ފެށުނީ ކަމަށެވެ. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފައްޔާޒްގެ ފުރިހަމަ އެއްބާރުލުން ދޭނޭކަން ފާހަގަކުރައްވަމުން ފައްޔާޒް ވަނީ، ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ. https://twitter.com/faya_i/status/1772927441092460851 ފުލުހުންގެ އިދާރާއިން އޭސީސީއާ ގުޅިގެން ހިންގާ އާރުޑީސީގެ ހިޔާނާތުގެ މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް ފައްޔާޒް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެމްދުރުފަހު 15:00 އަށެވެ. ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އާރުޑީސީގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރަމުން މީގެކުރިން ފުލުހުން ބުނެފައިވަނީ އާރުޑީސީ ހިޔާނާތުގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ އެކައުންޓްތަކުން 14 މިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ