އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫއުތަކެއް އިފްތިތާހްކޮށްދެއްވައިފި

އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫއުތަކެއް އިފްތިތާހްކޮށްދެއްވައިފި
ލިޔުން:
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫއުތަކެއް އިފްތިތާހްކޮށްދެއްވައިފިއެވެ.
އެގޮތުން ރައީސް ސޯލިހް ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ.
ރައީސް ސޯލިހު މި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވީ، މިއަދު އެމަނިކުފާނު ހއ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ސޯލިހު އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވީ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިސަރުކާރުން، އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިގޮތުން މިމަޝްރޫގެ ދަށުން، ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފައެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފައެވެ.
މީގެ އިތުރުން މިރޭ ރައީސް ސޯލިހު ވަނީ، އިހަވަންދޫ ފެނަކަ އޮފީސް އިމާރާތާއި، އިހަވަންދޫ ސްކޫލުގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕަރޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވާފައެވެ. އިހަވަންދޫގައި އިމާރާތްކުރެވުނު ފެނަކަ އޮފީސް ޢިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ.
ރައީސް ސޯލިހު މިރޭ ހުޅުއްވައި ދެއްވި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ނިންމާފައި ވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު އިމާރާތްކޮށްފައި ވަނީ، ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިކޮމިއުނިޓީ ސެންޓަރަކީ، ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމުއިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ސެންޓަރެކެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
