އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓަކަށް ޔާމީން ހަދަން ޕީޕީއެމުން އެދިއްޖެ

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓަކަށް ޔާމީން ހަދަން ޕީޕީއެމުން އެދިއްޖެ
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރުކުރުމަށްޓަކައި ޕީޕީއެމާއި އެމްއާރްއެމްއިން އެއްބަސްވާނަމަ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރެން އެއްބަސްކަމަށް ތިން ޕާޓީއަކުން ބުނުމުން ނެރޭ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހަދައިދިނުމަށް ޕީޕީއެމުން އެދިއްޖެ އެވެ.
މިއަދު ޖުމްހޫރީ ޕާޓީގެ ހަރުގެ - މ. ކުނޫޒުގައި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއާއި ދަ ޑިމޮކްރެޓްސްއިން ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޕީޕީއެމާއި އެމްއާރްއެމުން އެއްބަސްވާނަމަ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރެން ތިން ޕާޓީން އެއްބަސް ކަމަށެވެ.
ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ގާސިމާއި ޑިމޮކްރެޓްސްގެ ފަރާތުން ރައީސް ނަޝީދާއި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްއާއި ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަނޑައެޅުމަކީ އެ ދެ ޕާޓީން އެދޭ ގޮތް ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތްތައް ޝުކުރު އަދާކޮށްފައިވެސްވެ އެވެ.
ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ޕީޕީއެމާއި ޕީއެންސީން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެވެ. އަދި ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
