މާލެ: 31°C

ހިޔާ ފްލެޓްތަކުގައި ޔާމީންގެ ކެމްޕޭން ފައްޓައިފި

July 29, 2023
2 ފަހަރު ބަލާފައި
ހިޔާ ފްލެޓްތަކުގައި ޔާމީންގެ ކެމްޕޭން ފައްޓައިފި
ހިޔާ ފްލެޓްތަކުގައި ޔާމީންގެ ކެމްޕޭން ފައްޓައިފި
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތްތައް ހުޅުމާލޭ ފޭސް ދޭއްގައި ފަށައިފި އެވެ. ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް މިއަދު ފަށާފައިވަނީ ހުޅުމާލޭ ހިޔާ ފްލެޓްތައް ސަރަހައްދުގަ އެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުން ހިޔާ ފްލެޓް ސަރަހައްދުގައި ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން އަންނަނީ ހިޔާ ފްލެޓްތަކުގައި ދޮރުން ދޮރަށް ހިނގާ ކެމްޕޭން ކުރަމުންނެވެ. ދޮރުން ދޮރަށް ކެމްޕޭން ހަރަކާތުގައި އިދިކޮޅު ލީޑަރުން އަންނަނީ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކާއި ބައްދަލުކޮށް އެ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް އަހާ ފްލެޓްތަކުގެ ހާލަތު ބަލަމުންނެވެ. އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީންގެ ކެމްޕޭން ކުރިއަށް ގެންދާ އިރު އެމަނިކުފާނު އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަމްފީޒް ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތުގެ މައްސަލައާއި މަނީ ލޯންޑްރިންގެ މައްސަލަ އިސްތިއުނާފް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އިދިކޮޅުން އަންނަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތައް މަތީ ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ