މާލެ: 31°C

ހައްޖު ވާޖިބުނުވާ ބަޔަކު ހައްޖަށް ފޮނުވުމަށް ރައްޔިތުންގެ ފައިސާ ޙަރަދެއްނުކުރެވޭނެ – ޑރ.ޢިޔާޒް

June 7, 2024
2 ފަހަރު ބަލާފައި
ހައްޖު ވާޖިބުނުވާ ބަޔަކު ހައްޖަށް ފޮނުވުމަށް ރައްޔިތުންގެ ފައިސާ ޙަރަދެއްނުކުރެވޭނެ – ޑރ.ޢިޔާޒް
ހައްޖު ވާޖިބުނުވާ ބަޔަކު ހައްޖަށް ފޮނުވުމަށް ރައްޔިތުންގެ ފައިސާ ޙަރަދެއްނުކުރެވޭނެ – ޑރ.ޢިޔާޒް
ހައްޖު ވާޖިބުނުވާ ނިކަމެތިން ޙައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ޚަރަދު ކޮށްގެން ނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢިޔާޒް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު އެކްސް އެކައުންޓުން ކުއަރްވާފައިވާ ޓްވިޓެއްގައެވެ. އިތުރަށް އެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ކުރަންޖެހޭ އަޅުކަމެއްކަމަށާއި ނަމަވެސް ތަނަވަސްކަން ހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ޚަރަދުގައި ނިކަމެއްޗަކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތްކަމަށެވެ. ޙައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހާ ކުރަންޖެހޭ އަޅުކަމެއް. ނިކަމެތިން ޙައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ޚަރަދު ކޮށްގެން ނުވާނެ. ނަމަވެސް، ތަނަވަސްކަންހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ޚަރަދުގައި ނިކަމެއްޗަކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތް.” ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ އިޝާރާތްކުރައްވާފައިވަނީ ރައީސް ޑރ.މުއިއްޒްގެ ރިޔާސީ ވައުދެއް ކަމުގައިވާ ކޮންމެ އަހަރަކު ދައުލަތުގެ ޙަރަދުގައި 100 މީހުން ހައްޖަށް ފޮނުވުމަށް ވެފައިވާ ވައުދާގުޅިގެންކަމަށް ބެލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ