ހައްގު ބަސް ބުނާކަށް ގޮނޑިއެއް ބޭނުމެއް ނުވޭ: ރޮޒެއިނާ

ހައްގު ބަސް ބުނާކަށް ގޮނޑިއެއް ބޭނުމެއް ނުވޭ: ރޮޒެއިނާ
ލިޔުން:
ހައްގުބަސް ބުނުމަށް ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ބޭނުމެއްނުވާކަމަށް އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ޓިކެޓު ކާމިޔާބު ނުވުމުން މީސްމީޑިއާގައި އޭނާއަށް ކުރިމަތިވާ ފާޑުކިއުންތަކާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރޮޒޭނާ ވިދާޅުވީ، ސިޔާސީ މަސއްކަތަށް ނިކުތީ ކާންބޯން ނުލިބިގެން ނޫންކަމަށާއި ސިޔާސީ މަސައްކަތް ކުރަނީ ކުރާހިތުން ކުރާ މަސައްކަތަކަށް ވާތީ ކަމަށެވެ.
ރޮޒޭނާ ވިދާޅުވީ އެމްޑީޕީގައި ސާބިތުކަމާއެކު ހުރެ ދެންވެސް ބުނަން ޖެހޭ އެއްޗެއް ބުނުމުގައި ދެމިހުންނާނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1754438303892508694
"އަންހެނަކަށް ފުރައްސާރަ ކޮށް ތިވަރަށް އަޅައިގަނެގެން އުޅުމުން އިނގެނީ ތިބޭފުޅުން އަޅުގަނޑު ދެކެ ޖެހިލުންވާ މިންވަރު" ރޮޒޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒޭނާ ވިދާޅުވީ، ޕްރައިމަރީއަށްފަހު ވޯޓުގެ ނަތީޖާ އައިގޮތުން އޭނާއާ މެދު އޮތް ނަފްރަތާ ރުޅިވެރިކަން ފެނިގެން ހިނގައްޖެ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ހަޔާތުގައި އެއްވެސް މީހަކާ ޒާތީ ގޮތުން އެއްޗެއް ބުނެފަ ނޯންނާނެ ކަމަށާއި އަދި ފަހުން ވެސް ނުބުނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ދިޔަ އެމްޑީޕީގެ ޕްރައިމެރީގައި ރޮޒެއިނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. ނަމަވެސް މާލޭގައި ހުރި ވޯޓު ފޮށިތަކުންނާއި، އައްޑޫގައި ހުރި ފޮށިތަކުން ވެސް ރޮޒައިނާއަށް ކުރި ހޯދިފައެއް ނުވެއެވެ. އެދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) އެވެ.
މީގެ ކުރިން ރޮޒޭނާ ވަނީ ތުލުސްދޫ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. އަދި މީދޫ ދާއިރާގެ ގޮނޑި އަށް ރޮޒެއިނާ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2014 ވަނަ އަހަރުގައެވެ. އަދި 2019 ވަނަ އަހަރު ވެސް ރޮޒެއިނާ ވަނީ އެ ދާއިރާގެ ގޮނޑި ދިފާއުކުރައްވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
