މާލެ: 31°C

ފުރަގަސް ފަރާތް އޮޕަރޭޝަންކޮށްގެން ލޭ އަންނަނަމަ، ނަމާދުކުރުމަށްޓަކައި ވުޟޫކުރުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

March 7, 2025
224 ފަހަރު ބަލާފައި
ފުރަގަސް ފަރާތް އޮޕަރޭޝަންކޮށްގެން ލޭ އަންނަނަމަ، ނަމާދުކުރުމަށްޓަކައި ވުޟޫކުރުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟
ސުވާލު: ފުރަގަސް ފަރާތް އޮޕަރޭޝަންކޮށްގެން ލޭ އަންނަނަމަ، ނަމާދުކުރުމަށްޓަކައި ވުޟޫކުރުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

ސުވާލު: ފުރަގަސް ފަރާތް އޮޕަރޭޝަންކޮށްގެން ލޭ އަންނަނަމަ، ނަމާދުކުރުމަށްޓަކައި ވުޟޫކުރުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

އޮޕަރޭޝަނެއް ކުރުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ފުރަގަސް ފަރާތުން ލޭ އަންނަމީހާގެ ޙުކުމަކީ ހަމަ އިސްތިޙާޟާގެ ލޭ ފަރުޖުން އަންނަ އަންހެން މީހާގެ ޙުކުމެވެ. އެފަދަ މީހުން ޢަމަލު ކުރަން ޖެހޭނެގޮތަކީ،

ހ- ސާފުކުރެވޭނަމަ ސާފުކޮށް، ބަންދުކޮށް، ނަމާދު ކުރަން ވުމުން އެނަމާދަށް ވުޟޫކުރާނީއެވެ.

ށ- ސާފުނުކުރެވޭނަމަ (މިސާލަކަށް އޮޕަރޭޝަނަށްފަހު ބޭސްއަޅާފައި ހުރުން) ނަމާދު ކުރަން ވުމުން އެ ނަމާދަށް ވުޟޫކޮށްގެން ނަމާދުކުރާނީއެވެ.

މިފަދަ މީހުން، އެއްނަމާދަށް ކުރާ ވުޟޫ އަނެއް ނަމާދު ވަގުތު ވަންއިރު، ނުގެއްލި ހުރި ކަމުގައިވިޔަސް، އަލުން ވުޟޫކުރަން ޖެހޭނެއެވެ. މާނައަކީ ކޮންމެ ނަމާދަކަށް އައު ވުޟޫއެއް ކުރަން ޖެހޭނެއެވެ. އެއްވަގުތެއްގައި ދެނަމާދު ޖަމްޢުކުރާނަމަ އެއްވުޟޫއިން ފުދޭނެއެވެ.

މިފަދަ މީހުން ކޮންމެ ނަމާދަކަށް އައު ވުޟޫއެއް ކުރަންޖެހޭނެ ކަމުގެ ދަލީލަކީ އިސްތިޙާޟާވެފައިވާ އަންހެނާއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެވެ. ((ثُمَّ تَوَضَّئِي لِكُلِّ صَلاَةٍ …)) [رواه البخاري / كتاب: الوضوء / باب: غسل الدم / رقم: 228] މާނައީ: “ދެން، ކޮންމެ ނަމާދަކަށްވެސް ވުޟޫކުރާށެވެ.” ކުރީން ދެންނެވި ފަދައިން ދެ ނަމާދު އެއްވަޤުތެއްގައި ކުރާނަމަ އެއްވުޟޫއިން ފުދޭނެއެވެ.

ނަމާދަށް ހުންނައިރު ލޭ އައުމަކުން މިފަދަ މީހުންގެ ނަމާދަށް އަދި ވުޟޫއަށް އަސަރެއް ނުކުރާނެއެވެ. އެހެނީ، އެއީ ޢުޛުރުވެރީންނެވެ.
والله أعلم

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ