ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި، މެންބަރުކަމެއް ނުގެއްލޭ

ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި، މެންބަރުކަމެއް ނުގެއްލޭ
ލިޔުން:
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފި އެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް އީސީން ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. ފުއާދު ނުލާ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އިސްމާއިލް ހަބީބެވެ.
ގާނޫނު އަސާސީގައިވާ ގޮތުން އީސީގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ކަނޑައެޅޭނީ ރައްޔިތުންގެ މަޖިލީހަށް އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށްފަހު މަޖިލީހުގެ އަގުލަބިއްޔަތު ވޯޓު ލިބިގެންނެވެ.
އެހެންކަމުން އީސީން ފުއާދުގެ އިތުބާރު ނެތްކަމަށް ނިންމި ނަމަވެސް ފުއާދުގެ މެންބަރުކަމެއް ނުގެއްލޭނެ އެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުން ފުއާދަށް މިހާރު ވަނީ އީސީގެ ރައީސްގެ މަގާމު ގެއްލިފަ އެވެ. އެއީ ގާނޫނު އަސާސީގައި ވަކި މަގާމަކަށް ނުވަތަ ވަކި އިދާރާއަކަށް ނުވަތަ ވަކި މުއައްސަސާއަކަށް މީހަކު އައްޔަން ކުރުމުގެ ބާރު، ވަކި މީހަކަށް ނުވަތަ ވަކި އިދާރާއަކަށް ލިބިދޭ ކަމަށް ވާ ނަމަ އެ މީހަކު އައްޔަން ކުރުމަށް ލިބިދޭ މާނައިގައި، އެހެން ގޮތަކަށް އެ ގާނޫނުން ދޭހަނުވާހާ ހިނދަކު، އެ މީހަކު އެ މަގާމުން ވަކިކުރުމުގެ ބާރާއި ވަކި މުއްދަތަކަށް މަގާމުގެ ވާޖިބުތައް އަދާކުރުން ހިފެހެއްޓުމުގެ ބާރާއި އެ މަގާމުގެ ވާޖިބުތައް އަދާކުރުން ވަގުތީ ގޮތުން އެެހެން މީހަކާ ހަވާލު ކުރުމުގެ ބާރު ވެސް ހިމެނިގެންވާ ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.
ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ފުއާދުގެ އިތުބާރު ނެތްކަމަށް ވޯޓުލާފައިވަނީ އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
