މާލެ: 31°C

އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން އެމްއެއާރްއެމަށް މަނާކޮށްފި

May 25, 2023
2 ފަހަރު ބަލާފައި
އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން އެމްއެއާރްއެމަށް މަނާކޮށްފި
އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން އެމްއެއާރްއެމަށް މަނާކޮށްފި
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އިސްލާހީ ހަރަކާތްތައް ހިންގުމަށްޓަކާ އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައިވާތީ މީގެ ފަހުން އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން އިލެކްޝަން ކޮމިޝަނުން މަނާކޮށްފިއެވެ. މިނިވަން ނޫހަށް ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، 3000 މެންބަރުން ހަމަ ނުވެގެން އެ ޕާޓީ އުވާލަން ނިންމާފައިވާތީ ދެން އެމްއާރްއެމްގެ ނަމުގައު ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުން އެއީ މަނާކަމެއްގެ ގޮތުގައި އަންގައި ސިޓީއަކުން އެކަން އަންގާފައިވާނެ ކަމަށެވެ. އިތުރަށް ހަބީބް ވިދާޅުވީ، އެކަން އެޕާޓީއަށް އަންގާފައިވަނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކަމަށެވެ. ގާނޫނުގައި ބުނާގޮތުން ނަމަ ފާޓީއެއްގައި 3000 މެމްބަރުން ހަމަވާންޖެހޭނެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބީ 2981 މެމްބަރުންނެވެ. އެގޮތުން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ވެސް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެ ފާޓީ އުވާލަން އީސީން ވަނީ ނިންމާފައެވެ. ޕާޓީ އުވާލަން ނޯޓިސް ދިނުމާއިއެކު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމްއާރްއެމުން ވަނީ 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމު ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން ފޯމު ހުރުމާއި ޕާޓީން އިތުރު މެންބަރުން ވަކިވާން ފޯމު ހުށަހެޅުން ފަދަ ކަންކަން ހުރުމުން އެ ޕާޓީގެ ދަފްތަރުގައި 3000 މެންބަރުން ހަމަވާ ގޮތް ވަނީ ނުވެފައެވެ. އެކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށްދިމަށް އެދޭކަމަށާއި އެ ނިންމުން ބަދަލު ނުކޮށްފިނަމަ އެކަމުގައި ކޯޓަށް ވަޑައިގެންނެވުމަކީވެސް އޮތް ފުރުސަތެއްކަމަށެވެ. އެ ބައްދަލުވުމުގައި ފާރިޝް ވިދާޅުވީ އެޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާގޮތް ބަލަން ޖެހޭކަމަށާއި އެކަމުގައި ކަން ހިނގާފައިވާ ގޮތް އީސީގެ ރައީސް ފުއާދު ގާސިމް ބެއްލެވުމަށް ވެސް އެދޭކަމަށެވެ. އީސީގެ ތެރެއަށް ކޮންމެ ވެސް ބައެއްގެ ސިޔާސީ ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ މޭރުމަކުން ވާހަކަ ފައްދަވަމުން ފާރިޝް ވިދާޅުވީ އެޕާޓީއަށް މެމްބަރުން ވައްދާގޮތާއި ފޯމްތައް ހުށަހަޅާގޮތާއި އަދި ޕްރޮސެސް ކުރާގޮތުގެ އިތުރުން ޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ