މާލެ: 31°C

އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެ: ޑރ. ސައްތާރު

April 20, 2023
2 ފަހަރު ބަލާފައި
އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެ: ޑރ. ސައްތާރު
އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެ: ޑރ. ސައްތާރު
އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ އެއްވެސް ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނު ވިދާޅުވެއްޖެއެވެ. ޑރ. ސައްތާރު މިހެން ވިދާޅުވީ، ރޭ އޮތް މި އަހަރުގެ އެންމެ ފަހު އިހްޔާ ފޯރަމްގައި ތަގްރީރުކުރައްވަމުންނެވެ. ޑރ. ސައްތާރު ވިދާޅުވީ، އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ އެއްވެސް ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ވިދާޅުވިއެވެ. އެއީ ނަހީކުރައްވާފައިވާކަމެއްކަމަށާއި، މުއުމިނުންގެ މެދުގައި ފާހިޝް އަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބުދެއްވާނެކަމަށް އަންގަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ. " އެހެންކަމުން އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވެ ތިބެން ޖެހޭ، އަޅަމެންގެ ވެރިރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ތިބުމަށް މަސައްކަތްކުރަންޖެހޭ " އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. ސައްތާރު ވިދާޅުވީ އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފާފަނުކުރެވޭ މީހެއް ނޫންކަމަށާއި އެހެންނަމަވެސް އެކަލާނގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުމަށް އެދި، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރޭގެ ފޯރަމްގައި ޑރ.ސައްތާރުވަނީ މާތްﷲ ލޯބިވެވޮޑިގަންނަވާކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.  އެގޮތުން މުސްލިމުންގެ ޢައިބު ފޮރުވުމުގެ މުހިންމުކަމާއި، ގިނަ ގިނައިން ޒިކުރުކުރުމާއި، ދުއާކުރުމާއި ތައުބާވުމާއި، ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނަށް އޯގާތެރިވުމާއި، ރަސޫލާ އަށް ސަލަވާތްކިޔުމާއި، މަލާއިކަތުންނަށް ހެޔޮދުއާކުރުންފަދަ ކަންތައްތައް ފާހަގަކުރެއްވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ