މާލެ: 31°C

އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން އަންނަ މަހުގެ 11 ގަ

May 25, 2023
2 ފަހަރު ބަލާފައި
އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން އަންނަ މަހުގެ 11 ގަ
އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން އަންނަ މަހުގެ 11 ގަ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް  އީވާ އަބްދުﷲ މަގާމުން ވަކިކުރަން ވޯޓު ނެގުން އަންނަ މަހުގެ 11 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނާއި އެކު  "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާތީއެވެ. އެމްޑީޕީގެ 50 މެމްބަރެއްގެ ސޮއި އާއެކު ރައްޔިތުންގެ މަޖިލިހަށް އެ މައްސަލަ ހުށަހެޅީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އީވާ ވަނީ، އެމަގާމު ދިފާއުކުރުމަށް އެމްޑީޕީގައި ހުންނެވުމުގެ ޝައުގެއް ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތްކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަގުލަބިއްޔަތުން މަޖިލީހުގެ ނައިބްރައީސް ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އެހެންކަމުން އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ