މާލެ: 31°C

ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ޖަރުމަނުގެ އެހީއަށް ރައީސް ސޯލިހު އެދިވަޑައިގެންފި

March 10, 2023
2 ފަހަރު ބަލާފައި
ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ޖަރުމަނުގެ އެހީއަށް ރައީސް ސޯލިހު އެދިވަޑައިގެންފި
ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ޖަރުމަނުގެ އެހީއަށް ރައީސް ސޯލިހު އެދިވަޑައިގެންފި
ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ރައީސް ޖަރުމަނުގެ އެހީއަށް އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް އެދެބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މަހުގެ ޑިއުޓީ ކުޑަކޮށްދޭން ޖަނުމަހުގެ އެހީއަށް ރައީސް އެދިލެއްވިއިރު މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ޔޫރަޕަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ފޮރިން މިނިސްޓަރު ޝާހިދުވެސް ވަނީ ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޔޫރަޕަށް ބޮޑު ޑިއުޓީއެއް ދައްކަން ޖެހެނީ ރާއްޖެއިން އެކަންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ