މާލެ: 31°C

އެންމެފަހުން މެމްބަރުކަމުގެ އުޖޫރަ އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގަންނަވައިފި

April 1, 2024
2 ފަހަރު ބަލާފައި
އެންމެފަހުން މެމްބަރުކަމުގެ އުޖޫރަ އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގަންނަވައިފި
އެންމެފަހުން މެމްބަރުކަމުގެ އުޖޫރަ އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގަންނަވައިފި
ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ތަމްސީލް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މިހާރު ހުންނެވީ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރައްވައިގެން ދެކުނު އެފްރިކާގެ ގައުމެއްކަމަށްވާ ގާނާ ގައެވެ. ރައީސް ނަޝީދަކީ މިހާރު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެރެޓަރީ ޖެނެރަލްއެވެ. ދިވެހިރާއްޖެއަކީވެސް އެ ޖަމިއްޔާގެ މެމްބަރެކެވެ. މަޖިލީހުގެ މެމްބަރުކަމުގެ މުސާރަ އުކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަސްލަމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރުމަށް ގިނަ ވަގުތުތަކެއް ނަގާތީވެ، މަގާމުގެ މަސައްކަތާ ރަސްމީކޮށް ހަވާލުވުމަށްޓަކައި ދައުރުގެ ބާކީ އޮތް ދުވަސްކޮޅު މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށްދެއްވުމަށް އެދޭކަމަށެވެ. https://twitter.com/MohamedNasheed/status/1774707968879022432/photo/1 މި ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރުމަށް މިދިޔަ މާޗްމަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓާ ބެހޭ ގަރާރު ފާސްކޮށްފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މި ސިޓީ ފޮނުއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ސިޔާސީ މައިދާނާ ދުރަށް ވަޑައިގެން ސީވީއެފް އާ ގުޅިވަޑައިގަންނަވާކަމުގެ މައުލޫމާތު ރައީސް ނަޝީދު ހާމަކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވި ނަމަވެސް ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެވިދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިގޮތުން ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިގެންވާ ގައުމެއްކަމަށާއި، މަގާމ،ުގެ ހައިސިއްޔަތުން ރާއްޖޭގެ ތިމާވެއްޓަށް ހިދުމަތްކޮށްދެވޭ ވަރު އިންތިހާއަށް ލިބިވަޑައިގަންނަވާނޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ