މާލެ: 31°C

އެންމެ ގިނަ ކަންކަން އެ ދެ ދުޢާއެއްގައި ޖަމާވެފައިވާ ދެ ދުޢާ

March 26, 2023
2 ފަހަރު ބަލާފައި
އެންމެ ގިނަ ކަންކަން އެ ދެ ދުޢާއެއްގައި ޖަމާވެފައިވާ ދެ ދުޢާ
އެންމެ ގިނަ ކަންކަން އެ ދެ ދުޢާއެއްގައި ޖަމާވެފައިވާ ދެ ދުޢާ
ވަކި ވަކި ތަފްޞީލްތައް ބަޔާންނުކޮށް، އިޖްމާލީކޮށް ދުޢާ ދެންނެވުމަކީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން އަދަބެކެވެ. އޭގެ މާނައަކީ މިސާލަކަށް މީހަކު ސުވަރުގޭގެ ވަކި ވަކި ނިޢުމަތްތައް ދެއްވުން އެދި ނުދަންނަވާ ސުވަރުގެ ދެއްވުން އެދި ދެންނެވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. عن عبد الله بن مغفل أنه سمع ابنَه يقول : ( اللَّهُمَّ إِنِّي أَسْأَلُكَ الْقَصْرَ الْأَبْيَضَ عَنْ يَمِيْنِ الْجَنَّةِ إِذَا دَخَلْتُهَا ، فَقَالَ : أَيْ بُنَيّ سَلِ اللهَ الْجَنَّةَ وَتَعَوَّذْ بِاللهِ مِنَ النَّارِ ، فَإِنِّيْ سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّهُ سَيَكُونُ فِي هَذِهِ الْأُمَّةِ قَوْمٌ يَعْتَدُونَ فِي الطّهُورِ وَالدُّعَاءِ ) رواه أبو داود (096) وصححه الألباني في صحيح أبي داود . ޢަބްދުﷲ ބިން މުޣައްފަލް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ޢަބްދުﷲ ގެ ދަރިކަލުން މިފަދައިން ދުޢާކުރައްވަނިކޮށް ޢަބްދުﷲ އެއްސެވިއެވެ. “ޔާ ﷲ! މިއަޅާ ސުވަރުގެ ވަދެއްޖެއްޔާ، ސުވަރުގޭގެ ކަނާއަތް ފަރާތުގައިވާ ހުދުކުލައިގެ ގަނޑުވަރު ދެއްވުން އެދި ހަމަކަށަވަރުން މިއަޅާ އިބައިލާހަށް ދަންނަވަމެވެ.” ޢަބްދުﷲ ވިދާޅުވިއެވެ. “ދަރިފުޅާއެވެ! ސުވަރުގެ ދެއްވުން އެދި ﷲ އަށް ދަންވާށެވެ. އަދި ނަރަކައިން ރައްކާތެރިކުރެއްވުން އެދި ﷲ އަށް ދަންވާށެވެ! ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވާތީ ތިމަން އަޑުއެހީމެވެ. “ޠަހާރަތުގައްޔާއި ދުޢާކުރުމުގައި ޙައްދުފަހަނަ އަޅައިދާނޭ ބަޔަކު މިއުންމަތުގައި ވާނެއެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރައްވާއިރު، ޖާމިޢު ދުޢާތަކަށް ލޯބިކުރައްވާ ކަމުގައިވެއެވެ. روت عَائِشَةَ رَضِيَ اللَّهُ عَنْهَا عن النبي صلى الله عليه وسلم أنه ( كان يَسْتَحِبُّ الْجَوَامِعَ مِنْ الدُّعَاءِ وَيَدَعُ مَا سِوَى ذَلِكَ ) رواه أحمد (27649) وأبو داود (1482) ، وصححه الألباني في صحيح الجامع . ޢާއިޝާ ރަޟިޔަﷲ ޢަންހާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޖާމިޢު ދުޢާތަކަށް ލޯބިކުރައްވާ ކަމުގައިވިއެވެ. އަދި އެހެން ދުޢާތައް ދޫކޮށްލަވައެވެ. (ތަފްޞީލީ ދުޢާތައް ދޫކޮށްލައްވާ އިޖްމާލީ ދުޢާތަކުގައި ހިއްޕެވުމަށް ލޯބިކުރެއްވިއެވެ.)   ޖާމިޢު ދުޢާއަކީ ދުނިޔެއާއި އާޚިރަތް ހިމެނޭ، އެ ދުޢާގައި ލަފުޒުތައް މަދު، މާނަ ގިނަ، ދުޢާއެވެ.   މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދުޢާތަކުގެ ތެރެއިން އެންމެ ޖާމިޢު ދެ ދުޢާއެވެ. އެ ދެ ދުޢާއެއްގައި އެންމެ ގިނަ ކަންކަން ޝާމިލުވެފައިވާ ދެ ދުޢާއެވެ. 1- ( اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَة وَفِي الْآخِرَة حَسَنَة وَقِنَا عَذَاب النَّار ) -رواه البخاري ومسلم ޔާﷲ! އަޅަމެންގެ ރައްބު! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ. 2- ((اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ)) – رواه مسلم- މާނައީ: “އޭ ﷲ! މިއަޅާގެ އެންމެހައި ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ މިއަޅާގެ ދީން އިޞްލާޙުކޮށްދެއްވާނދޭވެ. އެތަނުގައި މިއަޅާ ދިރިއުޅެމުންމިދާ ދުނިޔަވީ ޙަޔާތުގެ އެންމެހައި ކަންތައްތައް އިޞްލާޙުކޮށްދެއްވާނދޭވެ. އެތަނަކަށް މިއަޅާ އެނބުރިދާންއޮތް މިއަޅާގެ އާޚިރަތް އިޞްލާޙްކޮށްދެއްވާނދޭވެ. އިތުރު ހެޔޮކަންކަން މިއަޅާގެ ޙަޔާތަށް ގެނެސްދެއްވާނދޭވެ. ކޮންމެ ނުބައިކަމަކުން ސަލާމަތްވެފައިވާ ރާޙަތެއްކަމުގައި މިއަޅާގެ މަރު ލައްވާނދޭވެ.” މަރްޖިޢުތައް ފަޟީލަތުއްޝައިޚު މުޙައްމަދު ބުނު މުޙައްމަދުލް މުޚްޠާރު އައްޝިންޤީޠީގެ ދަރުސްއަކުން ނަގާފައި = ޝެއިޙް މިޙައްަދު ޝާފިޢު =

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ