ޑރ.ޝަހީމުގެ އަބުރުކަތިލުމަށް ފަތުރަމުންގެންދާ ދޮގުވާހަކަތައް ކުއްވެރިކޮށް އެކަން ވަގުތުން ހުއްޓާލުމަށް ޕީއެންސީން ގޮވާލައިފި

ޑރ.ޝަހީމުގެ އަބުރުކަތިލުމަށް ފަތުރަމުންގެންދާ ދޮގުވާހަކަތައް ކުއްވެރިކޮށް އެކަން ވަގުތުން ހުއްޓާލުމަށް ޕީއެންސީން ގޮވާލައިފި
ލިޔުން:
ނިމިދިޔަޔަ ހަފްތާގައި އިސްލާމިކު މިނިސްޓަރ ޑރ.ޝަހީމަށް އަމާޒްކޮށް ގިނަ ތުހުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކާއި ވީޑިއޯތަކެއް ދައުރުކޮށްފައިވަނިކޮށް، ހަގީގަތާ ހިލާފަށް ޑރ.ޝަހީމުގެ އަބުރުކަތިލުމަށް ދޮގުމައުލޫމާތު ފަތުރަމުންގެންދާކަމަށް ބަޔާންކޮށް އެކަން ޕީޕީއެމް، ޕީއެންސީ ކޯޅިޝަނުން ހަރުކަށިއިބާރާތުން ކުއްވެރިކޮށް ބަޔާނެއް ނެރެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑރ.ޝަހީމަކީ މުޅިދުނިޔޭގައިވެސް ނަންހިނގާ ހުލްގުހެޔޮ ދީނީ ލީޑަރެއްކަމަށާއި، އެމަނިކުފާނުގެ ޙިދުމަތް މުޅި ދުނިޔެވެސް ބަލައިގެންފައިވާ ބޭފުޅެއްކަމަށެވެ. އަދި ދީނީ ސިޔާސަތުތައް ކުރިއެރުވުމަށާއި ޑރ.މުއިއްޒުގެ ދީނީ ސިޔާސަތުތައް ތަންފީޒްކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދާވާ މަސައްކަތް އެކޯލިޝަނުން ފުރިހަމައަށް ބަލައިގަންނަކަމަށެވެ.
އަދި އިތުރަށް އެބަޔާނުގައި ބުނެފައިވަނީ ޑރ.ޝަހީމަކީ ކީރިތި ގުރުއާން ހިތުދަސް، ދީނީ އިލްމު އުނގެނިވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ބޭފުޅެއްކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އަބުރު ކަތިލުމަށް ބަޔަކު ކުރަމުންގެންދާ ހަޑިމުޑުދާރު ނާތަހްޒީބުކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އެބާނުގައި ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
