މާލެ: 31°C

ޑރ. މުހައްމަދު ކަމާލް: 2 ހަރަމްފުޅުގެ އާކިޓެކްޗަރަލް ބާނީ

April 16, 2024
2 ފަހަރު ބަލާފައި
ޑރ. މުހައްމަދު ކަމާލް: 2 ހަރަމްފުޅުގެ އާކިޓެކްޗަރަލް ބާނީ
ޑރ. މުހައްމަދު ކަމާލް: 2 ހަރަމްފުޅުގެ އާކިޓެކްޗަރަލް ބާނީ
މައްކާ އަދި މަދީނާގައި ބިނާކުރެވިފައިވާ މަސްޖިދް އަލް ހަރަމާއި މަސްޖިދް އަންނަބަވީ ޑިޒައިން ކޮށްލާފައިވާ ގޮތުގެ ރީތި ވާހަކަ އެންމެންވެސް ދައްކައެވެ. ނަމަވެސް 2 ހަރަމްފުޅު ޑިޒައިންކޮށް އާކިޓްކްކުރި މޭސްތިރިއަކީ ކާކު ކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ. އެގޮތުން، 1909 ވަނަ އަހަރު އުފަންވި މިސްރުގެ އިންޖިނިއަރު އަދި އާކިޓެކްޓް ޑރ. މުހައްމަދު ކަމާލް އިސްމާއީލްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. އެއީ މި ދެ ހަރަމްގެ އިންޖިނޭރިންގެ މޭސްތިރިއެވެ. އުމުރުން 100 އަހަރަށް ވުރެ ގިނަ އަހަރު ދުނިޔޭގައި ހޭދަކުރުމަށް ފަހު އޭނާ އަވަހާރަވީ 2008 ވަނަ އަހަރެވެ. އޭނާ ވެގެން ދިޔައީ މައްކާ އަދި މަދީނާގައި ހުރި ރަސޫލާގެ 2 މިސްކިތް ޒަމާނީކޮށް، ފުޅާކުރުމުގެ މަޝްރޫއުތަކުގެ ރޭވުންތައް ރާވައި އެ މަސައްކަތުގެ އިންޖިނިއަރިންގެ ކަންތައްތައް ހިލޭ ސާބަހަށް ކޮށްދިން އަގު ނުކުރެވޭނެ ވަރުގެ ޚިދުމަތްތެރިއަކަށެވެ. ކަމާލްގެ އުމުރުގެ ބޮޑު ބައި ހޭދަކުރީ މަޝްހޫރު ކަމާއި ފައިސާއަށް ވުރެ، އެންމެ މާތް ދެ މިސްކިތަށް ހިދުމަތް ކުރުމުގައެވެ. އެގޮތުން، ސައުދީގެ ކުންފުންޏެއް ކަމަށްވާ "ކިންގް ފަހާދް ބިން ލޭޑަން" އިން އެ 2 މިސްކިތް ޒަމާނީކޮށް ފުޅާކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އަގު ކަމާލްއަށް ދިނުމަށް ކުންފުނިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި ނަމަވެސް އޭނާ އެ ފައިސާ ބަލައި ގަތުމަށް ދެކޮޅު ހެދިއެވެ. އެތައް މިލިއަން ޑޮލަރެއްގެ ޗެކް އަނބުރާ ދެމުން ކަމާލް ބުނީ "އެންމެ މާތް މިސްކިތްތަކުގައި އަހަރެންގެ މަސައްކަތަށް ފައިސާ ބަލައިގަންނަންވީ ކީއްވެގެން ހެއްޔެވެ؟ އަގު ނަގައިފިނަމަ ގިޔާމަތް ދުވަހު الله އާއި ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ؟" ކޮންފަދަ މާތް ޝަހުސިއްޔަތެއް ހެއްޔެވެ؟  މަސްޖިދް އަލް ހަރަމް ބިނާކުރުމަށް ކުރި މަސައްކަތް މައްކާގައި ބިނާކޮށްފައިވާ މަސްޖިދް އަލް ހަރަމްގެ ތަޅުންގަނޑުގައި އޭނާ ބޭނުންވީ ހާއްސަ މާބަލްއެއް ޖަހާށެވެ. އޭނާ ބުނި ގޮތުގައި އެކަން އެގޮތަށް ކުރަން ބޭނުންވީ ހާއްސަކޮށް "ތަވާފް" ކުރާ މީހުންނަށް ހޫނުން ރައްކާތެރި ކުރުމަށްޓަކައި ކަމަށެވެ. އެއަށް ފަހު އެމާބަލް ހޯދުމުގެ ދަތުރު އޭނާ ފެށިއެވެ. އެއީ ހަމައެކަނި ގްރީސްގެ ކުޑަ ފަރުބަދައަކުން ލިބެން ހުންނަ އެއްޗެއް ކަމުން، އޭނާ ގްރީސްއަށް ދަތުރުކޮށް ފަރުބަދަގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ގަނެގެން ކޮންޓްރެކްޓެއްގައި ސޮއިކުރިއެވެ. އޭނާ އެ އެއްބަސްވުމުގައި ސޮއިކޮރުމަށްފަހު މާބަލް އާއިއެކު އެނބުރި މައްކާއަށް އައިސް ހުދު މާބަލް އިން މައްކާގެ މާތް މިސްކިތުގެ ތަޅުމުގެ މަސައްކަތް ނިންމާލިއެވެ. މަސްޖިދް އަންނަބަވީ ބިނާކުރުމަށް ކުރި މަސައްކަތް އެ މަސައްކަތަށް 15 އަހަރަށް ފަހު، އަނެއްކާވެސް ސައުދީ ސަރުކާރުން ކަމާލްގެ ކިބައިން އެދުނީ މަދީނާގެ މާތް މިސްކިތުގައި ވެސް އެފަދަ ބާވަތެއްގެ މާބަލް ޖެހުމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ކަމާލް ބުނީ ސައުދީ ރަސްގެފާނު، ހަރަމްފުޅު ބިނާކުރުމަށް ވެސް ހަމަ އެ މާބަލް ބޭނުންކުރަން އިރުޝާދު ދިނުމުން އޭނާއަށް އޮޅުން ބޮޅުން އެރި ކަމަށެވެ. ސަބަބަކީ މުޅި ދުނިޔޭގައި ވެސް މި ބާވަތުގެ މާބަލް ހަމައެކަނި ލިބެން ހުންނަ ތަނަކީ ގްރީސް ކަމަށްވާއިރު، ހަރަމްފުޅު ބިނާކުރުމަށް އޭރު ލިބެން ހުރި ވަރުގެ ދެބައި ކުޅަ އެއްބައި އޭނާ ގަނެފައި ވާތީއެވެ. އެކަމަކު އޭނާ ނިންމީ ގްރީސްގައި ހުރި އެ ކުންފުންޏަށް ގޮސް، އެ ކުންފުނީގެ ސީއީއޯއާ ބައްދަލުކުރުމަށެވެ. އެގޮތުން މާބަލްގެ ބާކީ ހުރި މިންވަރާ ބެހޭ ގޮތުން ސުވާލު ކުރުމުން ސީއީއޯ ބުނީ މީގެ 15 އަހަރު ކުރިން އޭގެ އެއްބައި ކަމާލް ގަތް ފަހުން އޭގެ އަނެއް ބައި ވެސް ވިއްކާލާފައިވާ ކަމަށެވެ. އެނާ އެކަމާ ވަރަށް ދެރަވިއެވެ. ދެން އޭނާ މަސައްކަތް ފެށީ އެ އޮފީހުގެ ސެކްރެޓަރީއާ ބައްދަލު ކުރުމަށް ފަހު ބާކީ ހުރި މާބަލް ގަތް މީހާގެ މައުލޫމާތު ހޯދުމަށެވެ. ސެކްރެޓަރީ ބުނީ ދުވަސްވީ ރެކޯޑްތަކުން އޭތި ހޯދަން ދަތިވާނެ ކަމަށާއި ނަމަވެސް ކަމާލްގެ އެދުމުގެ މަތިން އެ ރެކޯޑްތައް މަސައްކަތްކުރާނެ ކަމަށެވެ. އަދި ކަމާލް ދިޔައީ މައުލޫމާތެއް ލިބިއްޖެނަމަ އޭނާއާ ވަގުތުން ގުޅުމަށް އޭނާގެ ހޮޓަލުގެ އެޑްރެހާއި ނަންބަރު ސެކްރެޓަރީއަށް ދީފައެވެ. ކަމާލް އޮފީހުން ނުކުންނަމުން އަމިއްލަ ނަފްސަށް ބުނެލިއެވެ؛ "އަހަރެން ކީއްވެބާ އެނގެން ބޭނުންވަނީ އޭތި ގަތީ ކާކުކަން؟." ޖެހިގެން އައި ދުވަހު އެއާޕޯޓަށް ދާން ތައްޔާރުވަނިކޮށް ކަމާލްއަށް ސެކްރެޓަރީގެ ފޯނު ކޯލެއް ލިބުނެވެ. އަދި އެ މާބުލް ގަތް މީހާގެ އެޑްރެސް ހޯދިއްޖެ ކަމަށް ބުންޏެވެ. ކަމަލް މަޑުމަޑުން އެއޮފީހާ ދިމާލަށް ހިނގަމުން ދިޔައީ ވިސްނަމުންނެވެ. އެހާ ގިނަ އަހަރު ތަކަކަށް ފަހު އޭތި ގަތް މީހާގެ އެޑްރެހުން ކުރާނީ ކީއްހެއްޔޭ އަމިއްލަ އަށް ސުވާލު އުފައްދަމުންނެވެ. އޭނާ އޮފީހަށް ދިއުމުން، ސެކްރެޓަރީ އޭނާއަށް މާބަލް ގަތް ކުންފުނީގެ އެޑްރެސް ދިނެވެ. އެ މާބަލް ގަތް ކުންފުންޏަކީ ސައުދީ ކުންފުންޏެއްކަން އެނގުމުން އޭނާގެ ހިތަށް އުފާވެރިކަން ލިބި ބާރަށް ހިތް ތެޅެން ފެށި ކަހަލައެވެ. ހަމަ އެދުވަހު ސީދާ ސައުދީ އަރަބިއާއަށް ފުރައިގެން ގޮސް، ސީދާ މާބަލް ގަތް ކުންފުނީގެ އޮފީހަށް ގޮސް ޑިރެކްޓަރާއި ބައްދަލު ކުރުމަށް ފަހު މާބަލްއަށް ހެދީ ކިހިނެއްތޯ ސުވާލު ކުރިއެވެ. އެ މާބަލްތަކުގެ މަތިން ހަނދާން ވެސް ނެތް ކަމަށް ބުނެ، ކުންފުނީގެ ސްޓޮކް ގުދަނާ ގުޅައިގެން ގްރީސްގެ ހުދު މާބަލްއާ ބެހޭ ގޮތުން ސުވާލު ކުރުމުން އެމީހުން ބުނީ ގަނެގެން ގެނައި ގޮތަށް އެމާބްލްތައް އެބަހުރި ކަމަށާއި އަދި އޭގެ ބޭނުން ނުކުރާ ކަމަށެވެ. ކަމާލް ވީ އުފަލަކުން ބާރަށް ރޮމުން އޭތި ހޯދަން ކުރި މަސައްކަތުގެ ހުރިހާ ވާހަކައެއް ކުންފުނީގެ ވެރިފަރާތަށް ކިޔައިދިނެވެ. އެއަށް ފަހު ކަމާލް ވެރިމީހާ އަށް ހުސް ޗެކެއް ދީފައި ބުނީ އޭނާ ބޭނުންވާ އަދަދު ލިޔުމަށެވެ. ނަމަވެސް އެ މާބަލް އަކީ މާތް ނަބިއްޔާގެ މިސްކިތް ބިނާކުރުމަށް ކަމަށް ވެރިމީހާ އަށް އެނގުމުން އޭނާ ބުނީ އެއްވެސް ފައިސާއެއް ބަލައި ނުގަންނާނެ ކަމަށެވެ. ދެ ހަރަމްގެ ތަޅުމުގެ ފިނިކަން އެ ހިފަހައްޓައިދެނީ މިމާބުލްތަކުގެ ސަބަބުންނެވެ. ޑރ. މުޙައްމަދު ކަމާލު ފަދަ ޚިދުމަތްތެރިއެއްގެ އަގު އަހަރެމެން މުސްލިމުން އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ ޝުކުރިއްޔާއޭ ބުނުމާއެކު އޮތީ އޭނާއަށް ހެޔޮ ދުޢާކޮށްދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ