މާލެ: 31°C

ޑިމޮކްރެޓިކް ނިންމުމާ ދެކޮޅަށް ނިކުމެ ޑިމޮކްރޭޓްސް ގެ ނަމުގައި އައު ޕާޓީއެއް އުފައްދަނީ!

May 21, 2023
2 ފަހަރު ބަލާފައި
ޑިމޮކްރެޓިކް ނިންމުމާ ދެކޮޅަށް ނިކުމެ ޑިމޮކްރޭޓްސް ގެ ނަމުގައި އައު ޕާޓީއެއް އުފައްދަނީ!
ޑިމޮކްރެޓިކް ނިންމުމާ ދެކޮޅަށް ނިކުމެ ޑިމޮކްރޭޓްސް ގެ ނަމުގައި އައު ޕާޓީއެއް އުފައްދަނީ!
28 ޖެނުއަރީ 2023 ގައި އެމް.ޑީ.ޕީ އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާކަމުގެ ކަމުގެ މަގާމަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެމް.ޑީ.ޕީ ގެ އާއްމު މެންބަރުން ނިންމި ނިންމުމަށް ތަބާނުވެ އާއްމު މެންބަރުންގެ ނިންމުމަށް ގޮންޖަހައި ޑިމޮކްރަސީސީގެ އަސާސްތަކާ ޙިލާފަށް ފިކުރެއްގެ ދިރުމުގެ ނަމުގައި ޙަރަކާތްތެރިވުމަށްފަހު " ޑިމޮކްރޭޓްސް " ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖޭއަށް ޑިމޮކްރަސީ ގެނައުމުގައި އިސްސަފުގައި ޙަރަކާތްރިވި ފަރާތްތަކެއް ބައިވެރިވެގެން ޑިމޮކްރަސީގެ އެއްމެ މުޙިއްމު އެއް އަސާސްކަމުގައިވާ އަގްލަބީއްޔަތައް ތަބާނުވެ އެފަރާތްތަކުން ހިންގަންފެށި ހަރަކާތް ޑިމޮކްރަސީ ގަބޫލުކުރާ ރައްޔިތުން ސިފަކޮށްފައިވަނީ ވަރަށް ނާތަހުތީބް އަން-ޑިމޮކްރަޓިކް ހަރާކާތެއްގެ ގޮތުގައެވެ.  އެއަށްފަހު ޑިމޮކްރަސީގެ ތާކިހާ އެޅުމަށްޓަކައި ޑިމޮކްރޭޓްސް ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ދިވެހިންނަށް މިހާރު ޑިމޮކްރަސީ އޮޅުވައިނުލެވޭނެކަމަށް ބުނެ މީސްމީޑިއާގައި އެޙަރަކާތައްދަނީ ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ޓުވީޓާގައި އެއްމެ ބާރަށް ދެކެވޭ އެއްވާހަކައަކީ "ޑިމޮކްރެޓިކް ނިންމުމާ ދެކޮޅަށް ނިކުމެ ޑިމޮކްރޭޓްސް ގެ ނަމުގައި އައު ޕާޓީއެއް އުފައްދަނީ!" އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ