ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ހަރަދު ކޮށްފައެއްނުވާނެ: ރައީސް

ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ހަރަދު ކޮށްފައެއްނުވާނެ: ރައީސް
ލިޔުން:
މުލިއާގެ މަރާމާތު ކުރެވެންދެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ގެކޮޅުކަމަށްވާ ދިމްޔާތުގައި ހުންނެވި ދުވަސް ތަކުގައި ދައުލަތުން ހަރަދު ކުރި ކަމަށް ފަތުރަމުންދާ ވާހަކަ އެ މަނިކުފާނު ދޮގުކުރައްވައިފިއެވެ.
ރައީސް އެކަން ދޮގުކުރެއްވީ، އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި އާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސްގެ ދެކަނބަލުންގެ ފަރިއްކޮޅަށާއި، އަމިއްލަފުޅު ގޭގެ ހަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާމެދު ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެމަނިކުފާނާ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރަމުންދާތަން ފަހަކަށް އައިސް ފެންނަމުންދާ ކަމަށާއި ހާއްސަކޮށް ހަރަދާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އަދި މިހާތަނަށް ޖަވާބުދެވިފައިނުވާ ކަމަށެވެ.
" ގޭގައި އަޅުގަނޑު ހުރި ދުވަސްތަކަށް 25 މިލިއަން ހަރަދު ކުރި ވާހަކަ އެއީ ހަމަ ކަނޑައެޅިގެން ދޮގެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިމްޔާތުގައި ހުންނެވީ އަމިއްލަ ހަރަދުގައި ކަމަށާއި، ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނޭ ކަމަށެވެ. އަދި ސެކިއުރިޓީ ވެސް ދިމްޔާތުގައި ތިބި ކަމަށާއި އެކަމަށްވެސް ހަރަދު ކުރެއްވީ އަމިއްލަ ފުޅަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިމްޔާތުގައި ހޭދަކުރެއްވި ދުވަސްތަކުގައި ހުރިހާ ހަރަދެއް އަމިއްލަފުޅަށް ކުރެއްވީ، މިހާރު ދެކެވޭފަދަ ދޮގު ވާހަކައެއް ދެއްކުމަށް މީހުންނަށް ފުރުސަތު ނުދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/governmentmv/status/1762734697220608174
"ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ހަމަޖެހޭ ވާހަކައެއް ނޫން އެއީ. 30 މިލިއަން ރުފިޔާ 100 ދުވަސް ތެރޭގަ ކާން ހަރަދުކުރުން." ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމަށް އޮންނަނީ އަހަރަކު ހަތް ލައްކަ ރުފިޔާކަމަށާއި، 100 ދުވަސްތެރޭ 30 މިލިއަން ރުފިޔާ އަކީ ކެއުމަށް ހަރަދުކުރަން ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަހަލަ ދޮގު ހަބަރުތަށް ފަތުރަމުން ދަނީ ރަޖިސްޓަރ ނުކުރާ ނޫސްތައް ބޭނުންކޮށްގެން ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންދަނީ ރައްޔިތުންނަށް ދެފުއްފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
