މާލެ: 31°C

ދިއްދޫ ފެނަކަ ސައިޓުން މުއައްޒަފުން ވަކިކުރުމުން، އެމްޑީޕީ ދިއްދޫ ދާއިރާއިން އެކަން ކުށްވެރިކޮށްފި

January 16, 2024
3 ފަހަރު ބަލާފައި
ދިއްދޫ ފެނަކަ ސައިޓުން މުއައްޒަފުން ވަކިކުރުމުން، އެމްޑީޕީ ދިއްދޫ ދާއިރާއިން އެކަން ކުށްވެރިކޮށްފި
ދިއްދޫ ފެނަކަ ސައިޓުން މުއައްޒަފުން ވަކިކުރުމުން، އެމްޑީޕީ ދިއްދޫ ދާއިރާއިން އެކަން ކުށްވެރިކޮށްފި
ހއ ދިއްދޫ ފެނަކަ ސައިޓުގައި މަސައްކަތްކުރާ 57 މުއައްޒަފުން ނޯޓިސްދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރި މައްސަލަ އެމްޑީޕީ ދިއްދޫ ދާއިރާއިން ކުށްވެރިކޮށްފިއެވެ. މިކަމާއި ގުޅިގެން ދިއްދޫ އެމްޑީޕީ ދާއިރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިއްދޫ ފެނަކަ ސައިޓުގައި މަސައްކަތްކުރާ މުއައްޒަފުން ނޯޓިސް ދިނުމަކާއި ނުލައި ވަކިކުރިކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މި ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ ސަރުކާރުކާރުން ދިއްދޫގައި އިމާރާތްކުރަން ފެށި ފެނަކަ އައު އިންޖީނުގެއާ މަސްވެރިންނަށް އައިސް ދޫކުރުމަށް ހަދާ އައިސް ޕްލާންޓުގެ މަސައްކަތް ނިމެން ކައިރިވެފައިވަނިކޮށް އެ މަސައްކަތް ނިންމުމުގެ ބަދަލުގައި މަސައްކަތްކުރަން ތިބި މުއައްޒަފުން ވަކިކުރުމަކީ އެ މުއައްޒަފުން ނިސްބަތްވާ އާއިލާތަކަށްވެސް ދެވޭނެ ދެރައެއްކަމަށް އެ ދާއިރާއިްނ ދެކޭ ކަމަށެވެ. ސިޔާސީ މަގާމުތައްނޫން އެއްވެސް ވަޒީފާއަކުން އެއްވެސް މީހަކު ވަކިނުކުރާނޭ ކަމަށާއި، އަދި ރަށްރަށުގައި ގިނަ ވަޒީފާތަށް އުފައްދާނޭކަމަށް ވައުދުވެ ވަޑައިގެން ވެރިކަން ހޯއްދެވި ޑރ.މުއިއްޒުގެ ސަރުކާރުން ވައުދުތައް ހަނދާން ނައްތާލައި ރަމަޟާންމަސް ފެށެން ކައިރި ވެފައިވަނިކޮށް މުއައްޒަފުން ވަކިކުރުމަކީ އެ މުއައްޒަފުންގެ އާއިލާތަކަށް ކުރިމަތިވާނޭ އިތުރު ތަކުލީފެކެވެ. އެމްޑީޕީ ދިއްދޫ ދާއިރާގެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ ސަރުކާރުން ދިއްދޫގައި ފެށި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރުމަށް ނެގި ފެނަކައިގެ އެ މުއައްޒަފުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދިއްދޫގެ އިތުރުންވެސް އަތޮޅުގެ އެކި ރަށްތަކުގެ އިންޖީނުގެތަކާއި އަތޮޅުން ބޭރުގެ ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތްތައް ކޮށްދީފައި ކަމަށެވެ. އެ ދާއިރާއިން ވަނީ ފެނަކައިގެ އެ ނިންމުނ އަލުން އަނބުރާ ގެނެސް ރައީސް ޑރ.މުއިއްޒު ވައުދުވެފައިވާގޮތަށް ހއ ދިއްދޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ފެނަކައަށް ގޮވާލާފައެވެ. ދިއްދޫ ފެނަކަ ސައިޓުގައި މަސައްކަތްކުރާ 57 މުއައްޒަފުން ނޯޓިސްދިން މައްސަލާގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އެކްސްގައި ވިދާޅުވެފައިވަނީ، މުއައްޒަފުން ވަކިކުރީ މަސައްކަތް މިވަގުތައް ހުއްޓިފައި އޮތުމުން ކަމަށެވެ. https://twitter.com/muazmr/status/1747156087277592657?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1747156087277592657%7Ctwgr%5E0a5f8c9bf93fdda13d5a95f9b5860a6aa5076491%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F130019 މުއާޒު ވަނީ ފެނަކކައިގެ އެ މުއައްޒަފުންނަށް ބޮޑެތި ހަރަދުތަކެއް ހިނގާކަމަށް ވިދާޅުވެ، ހިސާބުތަކެއްވެސް އާއްމުކޮށްފައެވެ. މިގޮތުން ދިއްދޫ ސައިޓުގައި މަސައްކަތްކުރާ ޖުމްލަ 70 މުއައްޒަފުންނަށް 23 މިލިއަނަށްވުރެ ބޮޑު އަދަދެއް ހަރަދުވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ